ބ.އަތޮޅު ރިސޯޓަކަށް އައި ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނެގި ކެބިން ކުރޫއެއް ހައްޔަރުކޮށްފި

13268468_10156947225585594_5301315484866326895_o-740x435.jpg

ފުލުހުންގެ އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

ބ. އަތޮޅު ރިސޯޓަކަށް އައި ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް އެފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކުރޫއެއްގެ އަތުން ފެނުނު މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

އެއީ ކޮން ރިޒޯޓެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ 09 ފެބްރުއަރ 2021 ވަނަ ދުވަހު ހުށަހެޅުނު މިމައްސަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަަށާއި، އަދި ބަންދުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 5 ދުވަސް ދީފައިވާކަމަށ ފުލުހުން ބުނެއެެވެ.  މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޓީއެމްއޭ ގެ ކެބިން ކްރޫއެކެވެ. އެ ފަތުރުވެރިޔާއަކީ ލަޑާ ގިރާވަރު ރިސޯޓަށް ދިޔަ ފަތުރުވެރިއެެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top