ގޮއިދޫ ވޮލީ ކޯޗެއް، ތަމްރީނު ދަތުރެއްގައި ޗައިނާ އަށް

ގހގ.jpg

ތިން ހަފްތާގެ ތަމްރީނު ދަތުރެއްގައި ބ. ގޮއިދޫ ވޮލީ ކޯޗެއް ޗައިނާ އަށް ފުރައިފި އެވެ.

ގޮއިދޫގެ ކުޅުންތެރިޔާ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުން ހޮވާލެވުނު ޖުމްލަ 20 ބައިވެރިން މި ދަތުރުގައި ބައިވެރިވެ އެވެ.

ޗައިނާގެ ހަންޒޫގައި ކުރިއަށްދާ މި ތަމްރީނު ތައް ކުރިއަށްދާނީ މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5ގެ ނިޔަލަށެވެ. މިކޯހަށް ހޮވާލެވުނު 20 ބައިވެރިންގެ ތެރޭގައި ހިމެނެނީ 12 ފިރިހެން ބައިވެރިންނާއި، 8 އަންހެން ބައިވެރިންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންގެ އިތުރުން ކުރީގެ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.

ބައިވެރިން ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ބައިވެރިންނާ ބައްދަލުކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވަނީ މަރުޙަބާ ދަންނަވާފަ އެވެ.

މި ބައްދަލުވުމުގައި ޗައިނާ ސަފީރުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިއު އާއި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުރައްޒާގް ގެ އިތުރުން ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާގައި ކުރިއަށްދާ ތިން ހަފްތާގެ ތަމްރީންތަކުގައި ވޮލީބޯޅަ ކޯޗިންއާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދިނުމުގެ އިތުރުން، ޕްރެކްޓިކަލް ކުލާސްތައްވެސް ކުރިއަށްދާނެ އެވެ. އަދި ޗައިނާގެ އެކި ކޮލެޖުތަކާއި ޔުނިވާސީޓީތަކުގެ ޓީމްތައް ތަމްރީންކުރާ ގޮތް ބަލައި، ގިނަ ކަންތައްތަކެއް ދަސްކޮށްދެވޭނެ އެވެ.

ޗައިނާ އަކީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ގައުމެކެވެ. މީގެ ކުރިން ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތައް ކުރިއެރުވުމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ފާހަގަ ކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top