ޕީރިއަޑް ޗުއްޓީ ދޭގޮތަށް ގާނޫނަށް އިސްލާހެއް.

velana-696x410.jpg

ސަލާމުގެ އިތުރުން އަންހެން މުވައްޒަފުންނަށް ޕީރިއަޑްވުމާއި ގުޅިގެން ޗުއްޓީއެއް ދޭން ލާޒިމުކުރާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ އަދި އިގުތިސޯދީ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މެންބަރަކު ހުށަހެޅުއްވި އިސްލާހުގައި ބުނީ ހައިޟުގެ ދުވަސްތަކުގައި އަންހެން މުވައްޒަފުން އުފުލާ ތަކުލީފުތައް ގަބޫލުކޮށް އެކަމަށް ހާއްސަ ޗުއްޓީއެއް ދިނުމަކީ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި މިހާރު ގަބޫލުކޮށް، އަމަލު ކުރަމުންދާ އުސޫލެއް ކަމަށާ ސަލާމުގެ ޗުއްޓީގެ އިތުރުން، އަންހެން މުވައްޒަފުންގެ މައްސަރު ދުވަސްތަކުގައި މުސާރަ ލިބޭ ގޮތަށް މަހަކު އެއް ދުވަސް ދޭން ލާޒިމުވާނެ ކަމަށެވެ.

އަދި އެ ޗުއްޓީއަށް އެދޭ މުވައްޒަފުން، ހައްގުކަން ސާބިތުކޮށްދޭން އެއްވެސް ލިއުމެއް ހުށަހަޅަން ނުޖެހޭނެކަމަށް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، ކޮންމެ މަހަކު އަންހެން މުވައްޒަފުންނަށް ހައްގުވާ އެ ޗުއްޓީ ބޭނުންނުކޮށް، ވަޒީފާއަށް ނުކުންނަނަމަ، ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން، މަހެއްގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެ މުވައްޒަފަކަށް ދޭންޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ފަހު ކޮޅު ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top