އޭދަފުށީ ފުލުހުންނަށް ކަސްޓޯޑިއަލް ޕްރޮސިޖާ ކިޔައިދީފި

1212.jpg

ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ބ. އޭދަފުށީ ފުލުހުންނަށް މައުލޫމާތު ދީފި އެވެ.

އޭދަފުށީ ޕޮލިސްޓޭޝަނުގައި ދެ ދުވަހަށް ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމްގައި މައްސަލަ ތަކުގައި ހައްޔަރު ކުރާ މީހުންނަށް ލިބޭ ހައްގުތަކާއި އެމީހުން ހައްޔަރަށް ވެއްދުމުގައި ކަންތައްތައް ކުރަންވީ ތަރުތީބުތަކުގެ އިތުރުން މިހާރު ޕޮލިސް ކަސްޓޯޑިއަލް އިން ބޭނުން ކުރާ ސޮފްޓްވެއާ ބޭނުން ކުރާނެ ގޮތުގެ މަޢުލޫމާތު ދިނެވެ.

މި ޕްރޮގްރާމް ހިންގީ ފުލުހުން ހައްޔަރު ކުރާ މީހުންނާމެދު ފުލުހުންގެ ހުރިހާ މަރުކަޒުތަކެއްގައި އެއް އުޞޫލަކުން ޢަމަލު ކުރަމުން ގެންދިއުމަށް ބާރުއަޅައި އެގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށެވެ.

ޕޮލިހުން ބުނީ އަތޮޅުތަކުގެ ޕްލިސް ސްޓޭޝަންތަކުގެ މަސައްކަތައް ހަރުދަނާ ކުރުމަށް މިއަހަރު އިތުރު ޕްރޮޤްރާމްތައް އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top