ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އޭދަފުށީ ގޮފިން އޭދަފުށީގައި ޤާރީ ކޯހެއް ހިންގަނީ

image-0-02-01-ee32a3f7fc5c6437333903be54582795c1532ef00ad110814875ae231abd4944-V.jpg

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން އޭދަފުށީގައި ގާއިމްކޮށްފައިވާ ގޮފީގެ ފަރާތުން އޭދަފުށީގައި ޤާރީ ކޯހެއް ހިންގަން ފަށައިފިއެވެ.

ޖުމްލަ 55 މީހުން ބައިވެރިވާ މިކޯހުގައި ކިޔަވައި ދެއްވަނީ އައްޝައިޚް އަބްދުލް މަޖީދު މުހައްމަދުއެވެ.

8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހާއި ބެހޭ ގޮތުން ޝައިޚް މަޖީދު ވިދާޅުވީ ކޯހުގައި ކިޔަވައިދެވޭނީ ގާރިކޯސް.ސެޓްފިކެޓް ލެވެލް 1 އާއި ހަމައަށް ކަމުގައެވެ. ސެޓްފިކެޓް ލެވެލް 1ގެ ފެންވަރަކީ އަކުރު ތަކުގެ މަޚްރަޖްތަކާ އަކުރުތަކުގެ ސިފަ އެނގޭ ވަރަށް ކިޔަވައި ދެއްވުން ކަމުގައި ޝައިޚް މަޖޫދު ވިދާޅުވިއެވެ.

މިކޯހުގެ ކިޔެވުން އޮންނަނީ ދެ ކްލާހަކަށް ބަހާލައިގެން ރޭގަނޑު 9:00އިން ފަށައިގެން 10:30އާ ދެމެދު ހަފްތާއަކު 3 ރެއެވެ.

ޝައިޚް މަޖީދު ވިދާޅުވީ މި ކޯހުގެ ބައިވެރިންނަކީ މިކަމަށް ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވެފައިވާ ބަޔަކަށް ވާތީ އެމީހުންނަށް ކިޔަވައިދިނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމުގައެވެ.

އައްޝައިޚް މަޖީދުވަނީ އޭދަފުށީގައި ތަޖްވީދުމަގުން ގުރުއާންކިޔަވަން ދަންނަ ގިނަ ބަޔަކު އުފައްދާފައިކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top