ރަށު ކައުންސިލުގައި ރަޖިސްޓަރީ ނުކޮށް ރަށްރަށަށް ބިދޭސީން ނުގެނެވޭގޮތް ހަދަނީ.

HM2cyTX7D3oZg6z9PQ5P7b9NrPmQait3r1RDbt76.jpeg

އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް

އެކި ބޭނުންތަކުގައި ރަށްރަށަށް ގެންނަ ބިދޭސީން އެރަށަކަށް ގެންދިއުމުގެ ކުރިން ރަށު ކައުންސިލްގައި ރަޖިސްޓްރީ ކުރުން ލާޒިމްކުރާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް އަލަށް އައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފު މިހެން ވިދާޅުވީ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކުންފުންޏަކުން ވެސް ނުވަތަ އަމިއްލަ މީހަކު ވެސް ބިދޭސީއަކު ރަށަކަށް ގެންދެވޭނީ ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެކަމަށްޓަކައި އުސޫލެއް އެކުލަވާލައި ސިސްޓަމެއް މިހާރު ގާއިމްކޮށްފައިވާއިރު އެމަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީން ރަޖިސްޓްރީ ކުރުމާއި ބެހޭ އުސޫލުވެސް އެކުލަވާލާފައިވާއިރު އެލްޖީއޭގެ ބޯޑަށް އިއްޔެ ބަދަލު އައިސްފައިވާތީ އެ އުސޫލު ބޯޑުން ފާސްކުރަންޖެހޭނެ ކަމަށެވެ. އަދި އެލްޖީއޭގެ ބޯޑުގެ މަސައްކަތް ފެށުމުން އެ އުސޫލު ފާސްކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

‘ހުރިހާ ކައުންސިލްތަކެއްގެ މަސައްކަތް އޮޓެމެޓިކް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެގޮތުން އީކައުންސިލެއް އުފައްދައި ވާރޗުއަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސިސްޓަމްގެ ތެރެއިން ކައުންސިލްތަކުގެ ހުރިހާ މަސައްކަތެއް ވެސް ކުރެވޭނެ .” އެލްޖީއޭގެ މަސައްކަތްތައް ކުރިއަށް ދާގޮތާބެހޭ މައުލުމާތު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޯޑަށް އައްޔަން ކުރައްވާފައެވެ. އެބޯޑަށް ރައީސް އައްޔަން ކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އެލްޖީއޭގެ ރައީސް) އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު މުހައްމަދު ޝިހާބު، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނާއިބު ފާތިމަތު ނިއުމާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top