އެޓޯލް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި

JVHBMN.png

މިދިޔަ އަހަރު އެފްއޭއެމް އިން އަލަށް ތައާރަފުކުރި އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ އެޑިޝަނުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އެފްއޭމުން ބުނީިގޮތުގައި އެ އެސޯސިއޭޝަންގެ 2026/2027 ވަނަ އަހަރުގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށަން ނިންމާފައި ވަނީ އަންނަ މަހުހެ 17 ގައެވެ.

އެހެންވެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފޯމު ހުށަހަޅާނީ މި ލިންކް famcompetitions.com/?tournament=tour_aj372ufe&apply=true މެދުވެރިކޮށެވެ.

އެޓޯލް ޗެމްޕިއަންޝިޕްގައި ނަތީޖާ ނެރޭ ޓީމުތަކަށް ޒޯން ބުރެއް ބާއްވައި، އެއަށް ފަހު ރީޖަނަލް ކޮލިފިކޭޝަންކުޅެ، އޭގެއިން ޓީމުތަކަށް މާލޭގައި ބާއްވާ ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު މިހާރު އޮވެ އެވެ. އަދި ލީގު ކޮލިފިކޭޝަންގައި ނަތީޖާ ނެރެގެން، ދިވެހި ލީގަށް ކޮލިފައިވެވޭ އިރު، މި މަހުގެ 10 ގައި ފަށާ ސީޒަނުގެ ދިވެހި ޕްރިމިއަ ލީގުގައި މި މަރުހަލާތައް ކަނޑަތުކޮށް، ދިވެހި ލީގުން ހއ. ދިއްދު އާއި ގދ. ގައްދޫ ވާދަކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top