ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްކޮށް ބިލް ފާސްކޮށްފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދޫކުރުމަށް ހުއްދައެއް ނަގަން ލާޒިމުކޮށް، ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީ ކުރާ ގޮތަށް ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގަ އެވެ.

އެ ގޮތުން ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށްޓަކައި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް، ރަށެއްގައި ނަމަ ރަށު ކައުންސިލަށް އެއްބަސްވުމުގެ ތިން އަސްލު ހުށަހަޅަން ޖެހޭއިރު، ހަތް ދުވަހުގެ ތެރޭގައި އެ އެއްބަސްވުން ރަޖިސްޓްރީކޮށްދޭން ޖެހެ އެވެ.

އެ ބިލުގައި ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހަޅައި ހުއްދަ ދިނުމުންކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ހުއްދަ ނުލިބި ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައިވެއެވެ.

 

ކުއްޔަށް ދޫކުރަން ސިޓީ ނުވަތަ ރަށު ކައުންސިލަކުން ހުއްދަ ދިނުމަށް ފަހުގައި ހުއްދަ ދޫކުރާ ތަންތަނުގެ ދަފުތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފުތަރެއް ބަލަހައްޓަން ޖެހޭނެއެވެ. ހުރިހާ ކައުންސިލްތަކުގެ ދަފުތަރު މަރުކަޒު ކުރެވިފައިވާ ދަފުރަތެއް މިނިސްޓްރީގައި އޮންނަން ޖެހޭ ކަމަށް ބިލުގައިވެއެވެ.

ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އެ ތަނެއްގައި ނިދައި ކައިބޮއި ހެދޭނެ ވަސީލަތްތައް ގާއިމުވުމާއި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައިވުން ހިމެނެއެވެ.

މީގެ އިތުރުން ކުއްޔަށް ދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި އެ ތަނުގެ ބޮޑުކުޑަ މިނަށް ބަލައި އެ ތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ވެސް ބިލުގައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top