ބޮޑުތަކުރުފާނު ދޫނި ހިއްފެވި ތުނޑިން އާސާރީވަޅެއް ފެނިއްޖެ!

UQiLWrXmrIy2Oowad4sBOGaDvFg4Ow7uHMlo3SpS.jpg

އުތީމުން ފެނުނު އާސާރީ ފެންވަޅު

ހއ. އުތީމުގައި ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން އުޅުއްވި ކަމަށް ބުނާ ތުނޑިން އާސާރީ ވަޅެއް ފެނިއްޖެއެވެ.

މިއީ ހިރި ގަލުން ހަދާފައިވާ ހަަތަރެސްކަން ވަޅެކެވެ. ކައުންސިލުން މިހާރު ވަނީ މި ވަޅު ހުރި ސަރަހައްދު ބަންދުކޮށްފަ އެވެ.

މި ވަޅު ހިމާޔަތް ކުރުމުގެ ގޮތުން އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާ ކުރެވެމުން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވި އުތީމު ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން އުޅުއްވިކަމަށް ބުނާ ތުނޑީ ސަރަހައްދު މީން ޒަމާނަކުވެސް ނުގިރާވަރަށް މިހާރުވަނީ ގިރައިގެން ގޮސްފައިކަމަށް އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އަދި އެސަރަހައްދުން މީގެ ކުރިންވެސް ރާއްޖޭގެ ތާރީޚާއި ގުޅިފައިވާ ގިނަ އާސާރީ ތަކެއްޗާއި ރުނބާ އަދި އެކިކަހަލަ ތަށި ފަދަ ތަކެތި ފެނިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން ފެނުނު ގިނަތަކެތި ވަނީ އެރަށު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބަހައްޓާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top