އޮފީސްތަކުގެ ފުޓްސަލް ޗެންޕިއަންކަން ބޭންކް/ދިރާގު/އޭދަފުށީ ކައުންސިލް ޓީމަށް

10308055_528731083898076_7479001735445933780_n.jpg

އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގު/ބީއެމްއެލް/އޭދަފުށީ ކައުންސިލް ޓީމުން ހޯދައިފި އެވެ.

ސަރުކާރުގެ އޮފީސްތަކުގެ މެދުގައި، އޮފީސް/ކުންފުނިތައް ގުޅިގެން ބޭއްވި މުބާރާތް ދިރާގު/ބީއެމްއެލް/ރަށު ކައުންސިލް ގުޅިގެން ނުކުތް ޓީމު ކާމިޔާބުކުރީ ފައިނަލުގައި އުރީދޫ/ވިލާކޮލެޖް/ކޯޓް ގުޅިގެން ނުކުތް ޓީމާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އުރީދޫގެ މުހައްމަދު ފާސިރު އާއި ހައްފާފު ސިދުގީ އާއި ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގެ ޒައިދު އަލީ އާއި ދިރާގުގެ އަބްދުﷲ ޝަރީފު އާއި ޕޮލިސް މުހައްމަދު ޒައިދު އެވެ.

.މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ ޝަރަފްވެރި މެހެމާން ނޯޓް ޕޮލިސް ރީޖަންގެ ކޮމާންޑަރ އަބްދުﷲ ނަސީރު އެވެ. އޮފީސްތަކުގެ މެދުގައި މިއަހަރު ބޭއްވި ފުޓްސަލް މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އަތޮޅު ކައުންސިލުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top