ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ އާދަޔާ ޚިލާފު ހަދިޔާ

1.jpg

ފޮޓޯ -އިބްރާހީމް ވަސީމް /ކިޑްސް

އެއްވެސް އަގަކާ ނުލާ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުން ހެއްޔެވެ. އެހެންކަމަށް ވާނަމަ އެ ފުރުސަތު މިއޮތީ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ހޯދައިދީފައެވެ.

“ޕްލާންޓް އަ ލެގެސީ” ގެ ނަމުގައި ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިން ހުޅުވާލީއެވެ.

ގަސް ހަދިޔާކުރައްވަން ބޭނުންވާ ފަރާތްތަކުން ކިޑްސް ގެ ވެބްސައިޓް މެދުވެރިކޮށް ގަސް ހަދިޔާ ކުރެވިދާނެއެވެ. މިގޮތުން ގަސް ހަދިޔާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެބޭފުޅުންކުރެ ކޮންމެ ބޭފުޅަކަށްވެސް އިތުރު ބޭފުޅަކާއެކު ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

“ކިޑްސް” ގެ މި ހަރަކާތުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ކިހާދޫގައި ހަދަމުންދާ ކުޑަކުދިންގެ ޕާކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމުކުރުމަށްޓަކައެވެ.

ތިން ހައިސިއްޔަތަކުން ގަސް އިންދުމުގެ ފުރުސަތުން ވަނީ ހުޅުވާލެވިފައެވެ. އަމިއްލަ ފަރުދެއްގެ ގޮތުގައާއި، ދެމަފިރިޔަކު ހަދިޔާކުރާ ގަހެއްގެގޮތުގައާއި، އަދި ވިޔަފާރި ކުންފުންޏެއްގެ ނަމުގައިވެސް ގަސް ހަދިޔާކުރެވިދާނެއެވެ. ކޮން ގަހެއްގައިވެސް ގަސް ހަދިޔާކުރި ފަރާތްއެނގޭނެފަދަ ލޭބަލެއް ގަހުގައި ހަރުކުރެވޭނެއެވެ.

ގަސް ހަދިޔާ ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ދެގޮތަކަށް ފައިސާ ދެއްކޭނެއެވެ. އެއީ ކޭޝް ކާޑު މެދުވެރިކޮށް އަދި ބޭންކު ޓްރަންފާ މެދުދުވެރިކޮށެވެ. ބޭންކު ޓްރަންސްފާ މެދުވެރިކޮށް ގަސް ހަދިޔަކުރައްވާ ބޭފުޅުން ޓްރަންސްފާ ކުރައްވާއިރު، އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާ އޯޑާ ރިފަރެންސް ނަންބަރު ރިމާކްގައި ޖައްސަވަން ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ.

ޕާކުގައި މައިގަޑު ގޮތެއްގައި އިންދަން ހަމަޖެހިފައިވަނީ ތިންބާވަތެއްގެ ގަހެވެ. އެއީ އެކި ބާވަތުގެ ރުކާއި، ހިޔާދޭ ބޮޑެތި ގަހާއި، ތަފާތު އެކިވައްތަރުގެ މާގަހެވެ. ގަސް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނީ 01 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ގެ ނިޔަލަށެވެ.

މިޕާކަކީ ކިހާދު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް ގުޅިގެން ހަދަމުންދާ ޕާކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top