މިދިޔަ މަހު އެންމެ ގިނައިން ސަވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް އަނަންތަރާ ކިހަވައް

4B378D2400000578-5621901-image-a-26_1523892870630-1.jpg

އަނަންތަރާ ކިހަވައް ރިސޯޓް

ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން ނިމިދިޔަ ޑިސެމްބަރު މަހުވެސް އެންމެ ގިނައިން ސަވިސްޗާޖް ލިބުނު ރިސޯޓަކީ އަނަންތަރާ ކިހަވައް ވިލާސް ކަމަށް، ރިސޯޓުތަކުގެ ސަވިސްޗާޖް މައުލޫމާތު ހާމަ ކުރާ، މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓުން ބުނެފިއެވެ.

ސަވިސްޗާޖްގެ ގޮތުގައި އެ ރިސޯޓުން މުވައްޒަފުންނަށް ބަހާފައިވަނީ ބޮލަކަށް 12960 ރުފިޔާގެ މަގުންނެވެ.

އަނަންތަރާ ކިހަވައްވިލާސް ރިސޯޓަކީ ނިމިދިޔަ 2019ވަނަ އަހަރުގެ ގިނަ މަސްތަކުގައި ވެސް ބ.އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ސަވިސްޗާޖް ދިން ރިސޯޓެވެ.

އަނަންތަރާ އާއި ވާދަކޮށްގެން ދެވަނަ ލިބިފައިވަނީ 11857 ރުފިޔާ ދީފައިވާ ދުސިތުތާނީ އަށެވެ.

މުޅިއަހަރަށް ބަލާއިރު ތިންވަނައިގެ ގޮތުގައި ފާހަގަ ކުރެވުނު ފޯސީޒަން ރިސޯޓު ޑިސެމްބަރުމަހުވެސް ތިންވަނައިގައެވެ. ސަވިސްޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވަނީ ބޮލަކަށް 10528 ރުފިޔާއެވެ.

މިލައިދޫ އައިލެންޑް ރިސޯޓުން 9843ރުފިޔާ ކޮންމެ މުވައްޒަފަކަށް ސަވިސްޗާޖްގެ ގޮތުގައި ލިބިފައިވާއިރު ފިނޮޅުން ލިބިފައިވަނީ މިލައިދޫ އަށްވުރެ 582ރުފިޔާ މަދުން 9261 ރުފިޔާއެވެ.

ސަވިސްޗާޖްގެ ތަރުތީބަށް ބަލާއިރު ފިނޮޅުގެ ފަހަތުގައި އޮތީ 7710ރުފިޔާ އާއެކު ވެސްޓިން މޯލްޑިވްސް މިރިޔަންދޫ ރިސޯޓެވެ.

ޑިސެމްބަރު މަހު އަމިއްލަފުށި ރިސޯޓުން ބަހާފައިވަނީ 7170 ރުފިޔާއެވެ.

ވެބްސައިޓްގައި ނަން ހާމަކޮށްފައިވާ ރިސޯޓުތަކުގެ މައުލޫމާތުތަކަށް ބަލާއިރު އެންމެ ފަހަތުގައި އޮތީ ވައްކަރު ރިސޯޓެވެ. އެރިސޯޓުން ޑިސެމްބަރު މަހު ސަވިސްޗާޖަށް ލިބިފައިވަނީ ކޮންމެ މުވައްޒަފަކަށް 6191ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top