ކުޅުނު ދެމެޗުންވެސް މޮޅުވެ އޭދަފުށީ ގްރޫޕްގެ އެއްވަނަ އަށް

DSCN2809.jpg

7ޑިސެމްބަރ 2016: ކިހާދޫއާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު އޭދަފުށީގައި ކުރިއަށްދާ ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގައި މިއަދު އޭދަފުށްޓާ ކިހާދޫ ބައްދަލުކުރި މެޗުން އޭދަފުށި މޮޅުވުމުން އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނައިގާ ހަމަޖެހިލައިފިއެވެ. މިއަދުގެ މެޗުން އޭދަފުށި މޮޅުވެފައިވަނީ 3-1ގެ ނަތީޖާއިންނެވެ.

dscn2784

މި މުބާޜާތުގައި މިއަދު ކުޅެވުނު މެޗަކީ މިހާތަނަށް ކިހާދޫ ކުޅެފައިވާ އެންމެ މޮޅު މެޗުކަމަށާއި ކިހާދޫއަކީ އަތޮޅުގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ވެއްޖަކަމަށް ފުޓްބޯޅައިގެ ތަޖުތިބާކާރުން ބުނެއެވެ.

dscn2822

dscn2781

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައިވަނީ ކިހާދޫއެވެ. މި ލަނޑު ކިހާދޫ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 41ވަނަ މިނިޓުގައި ހުސެން އީމާން އެވެ. އޭގެ ފަހުން ފުރަތަމަ ހާފް ނިމެން މަދު ސިކުންތު ކޮަޅަކަށް ވެފައިވަނިކޮށް އޭދަފުށި ޓީމުގެ އަހުމަދު ސުހައިލް ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯލައެއް މުހައްމަދު ފާސިރު ގޯލްތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

dscn2780

ދެވަނަ ހާފުގައިވެސް ކިހާދޫ މޮޅަށް ކުޅެ އޭދަފުށީ ޓީމު ޕްރެޝަރަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ތަޖުރިބާ ހުރި އޭދަފުށީ ކުޅުންތެރިން ކަޓުވާލާފައި ގޮސް އޭދަފުށީ ގޯލް ނުރައްކާ ކުރެވޭގޮތެއް ނުވެ އޮއްވާ އޭދަފުށީގެ އަޒްމީން އިތުރު ލަނޑެއްޖަހައި ލީޑު ނެގީ މެޗުގެ 50ވަނަ މިނިޓުގައެވެ. މެޗު ނިމެން ކައިރި ވެފައިވަނިކޮށް  އިތުރު ގޯލެއް ޖަހައި ނަތީޖާ ތިނަކަށް ބަދަލު ކޮށްލީ 85ވަނަ މިނިޓުގައި މުހައްމަދު ފާސިރު (ސެންޓޭ) އެވެ.

dscn2767

މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައި އޭދަފުށި މިވަނީ ސެމީ އަށް ގޮސްފައެވެ. ސެމީ ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް ކަށަވަރުވެގެންދާނީ ގްރޫޕް ބީގެ ފަހު މެޗުގައި މާދަމާ ހަވީރު ގޮއިދޫ އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ފެހެންދޫ ބައްދަލުކުރާ މެޗްގެ ނަތިޖާ ނުކުންނަގޮތަކުންނެވެ.

ސެމީ ފައިނަލުގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ. ސެމީ ފައިނަލުގެ މެޗްތައް ފަށާނީ ހަވީރު 3:45 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top