އެނަލޮގުން، ޑިޖިޓަލްއަށް ބަދަލުކޮށް އޭދަފުށީ ކޭބަލް ނެޓްވޯކް ތާރީހްގެ ތެރެއަށް

DSCN2763.jpg

އޭދަފުށީ ކޭބަލް ނެޓްވޯކުން - ކަސްޓަމަރަކަށް ޚިދުމަތް ދެނީ

އެނަލޮގް މެދުވެރިކޮށް އޭދަފުށި ކޭބަލް ނެޓްވާކުން މިރަށަށް ދޫކުރަމުންދިޔަ ކޭބަލް ޓީވީގެ ހިދްމަތް ޑިޖިޓަލްކޮށް، އޭދަފުށި ކޭބަލް ނެޓްވޯކް ތާރީހްގެ ތެރެއަށް ވަދެއްޖެއެވެ.

އިއްޔެއިން ފެށިގެން ކޭބަލް ނެޓްވޯކުން އޭދަފުށިގެ ގޭގެއަށް ދޫކުރަމުން އައި އެނަލޮގް ހިދްމަތް މިހާރުވަނީ މެދުކަނޑާލާފައެވެ. އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ނަސީރު އީވީއަށް ވިދާޅުވީ ޑިޖިޓަލްކޮށް ހިދްމަތް ދޭން ނިންމީ އެނަލޮގް މެދުވެރިކޮށް ދެމުންގެންދިޔަ ހިދްމަތުގައި ގޮންޖެހުން ބޮޑުވުމާއި، ފެންވަރު ރަނގަޅު ހިދްމަތެއް ކަސްޓަމަރުންނަށް ޔަގީންކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ.

“ކުރިން މިވާގޮތަކީ ވިއްސާރަކޮޅެއް ވެހެލާއިރަށް ގޭގެއިން ވަރަށް ބޮޑަށް ޝަކުވާލިބޭ، ނުސާފުވުމާ، ހިދްމަތް މެދުކެނޑުމުގެ މައްސަލަ. އެކަން މިހާރު ހައްލުވާނެ. އަނެއްކާ އެޗްޑީ ޑިޖިޓަލްވެސް މިހާރު އެހުރީ ގާއިމްކުރެވިފައި.”

ނަސީރު ވިދާޅުވީ އެނަލޮގް ހިދްމަތް ކުރިން ހޯދި ކަސްޓަމަރުންގެ 99 ޕަސެންޓް ޑިޖިޓަލް އަށް ބަދަލުކޮށްފައިވާކަމަށާ، ކަސްޓަމަރުންގެ ސަޕޯޓް މިކަމަށް ވަރަށް ބޮޑުކަމަށެވެ. އަދި ހިދްމަތާމެދު ކަސްޓަމަރުން ވަރަށް އުފަލުން ތިބިކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

“99 ޕަސެންޓް ކަވަރުވީމާ ކަސްޓަމަރުން ތިބީ އުފަލުންކަން އެބައެގޭ. އަޅުގަނޑުގެ ބޮލަށްވެސް ވަރަށް ފަސޭހަ މިހާރު، ކުރިންނަމަ އަބަދުވެސް އުޅެންޖެހޭނީ ކޮންމެވެސް ގެއަކުން އަންނަ ޝަކުވާއަކަށް އެޓެންޑްވެގެން.” މިވަގުތު 460 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދްމަތް ދެމުންއަންނަ ކުންފުނީގެ ވެރިޔާ ވިދާޅުވިއެވެ.

އަބްދުﷲ ނަސީރު ވިދާޅުވީ ޑިޖިޓަލް ހިދްމަތަށް އެދި އިތުރު ކަސްޓަމަރުންވެސް ހުށައަޅަމުންދާކަމަށާ، މުޅިރަށަށް ހިދްމަތް ދެވޭވަރުގެ ކެޕޭސިޓީ ކުންފުނީގައި އެބަހުރިކަމަށެވެ.

އޭދަފުށީގައި ކޭބަލް ޓީވީގެ ހިދްމަތް މިވަގުތު ދެ ކުންފުންޏަކުން ދެމުންގެންދެއެވެ.

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top