އޭދަފުށީގައި ގާއިމްކުރި ބޭންކް އޮފް މޯލްޑިވްސްގެ އާ އިމާރާތް ހުޅުވައިފި

bml4-1.jpg

ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ބ.އޭދަފުށީގައި އަލަށް އިމާރާތް ކުރި ބޭންކް އޮފް މޯލްޑިވްްސް އޭދަފުށީ ބްރާންޗް މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު އޭދަފުށީގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބޭންކުގެ ކަސްޓަމަރުންނާއި އޭދަފުށީގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

އޭދަފުށީ ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލްމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައެވެ.

އަލަށް ހުޅުވި މި އިމާރާތާއެކު ބީއެމްއެލް އިން ވަނީ 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގސެންޓަރެއް ގާއިމު ކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ވެސް ތައާރަފް ކޮށްފައެވެ.

މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

” އޭދަފުއްޓަކީ ވިޔަފާރި އާއި އިޤްތިސާދި ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު މ އިންވެސްޓްމަންޓް ތަކުގެ ފައިދާ މި ރަށާ ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ.” އެންޑްރޫ ވިދާޅިވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް އާއި 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރގެ އިތުރުން 95 އޭޓީއެމް އާއި 5000 ޕީއޯއެސް މަރޗަންޓުން ޚިދުމަތަށް ނެރެފައެވެ. މީގެ އިތުރުން 230 ކޭޝް އޭޖެންޓުން ނާއި އޮންލައިން ބޭންކިންގ ޚިދުމަތާއެކު  ބޭންކް އޮފް މޯލްޑިވްސް އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top