ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތައް ކަނޑައަޅައިފި

16830862_1776736839019525_8406143933363793247_n.jpg

ރަމަޟާން މަހު ރާއްޖޭގެ ސްކޫލަތަކުގައި ކިޔަވައިދޭ ގަޑިތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅުއްވައިފިއެވެ.

އެމިނިސްޓްރީން މިކަމާ ބެހޭ ގޮތުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔެވުން ފެށުމަށް މިނިސްޓްރީއިން ކަނޑައަޅާފައިވަނީ ހެނދުނު 8:40 އާއި 9:00 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި ދެ ދަންފަޅީގެ ކިޔެވުން އޮންނަ ސްކޫލުތަކުގައި މެންދުރު ފަހުގެ ދަންފަޅި ފެށުމަށް ކަނޑައަޅާފައިވަނީ ހެނދުނު 11:30 އާއި މެންދުރު 13:00 އާ ދެމެދުގެ ވަގުތެއްގައެވެ.

ނަމާދު ގަޑިތަކުގައި ކުދިންގެ ނަމާދަށް ބުރޫ ނާރާނެ ގޮތަށް ކިޔެވުން ފެށުމަށް ސްކޫލްތަކަށް މިނިސްޓްރީ އިން އަންގާފައިވާއިރު މެންދުރު ނަމާދަށް ވަގުތު ލިބޭ ގޮތަށް މެންދުރު ފަހުގެ ދަންފަޅި ފެށުމަށް ސްކޫލްތަކަށް އަންގާފައިވެއެވެ. އަދި އަސްރު ނަމާދަށް ބުރޫ ނާރާނެ ގޮތަށް 3:00 ގެ ކުރިން ކުދިންގެ ކިޔެވުން ނިމޭނެ ގޮތަށް ގަޑިތައް ހަމަޖެއްސުމަށް މިނިސްޓްރީއިން އަންގާފައިވެއެވެ.

ދަންފަޅިތަކުގެ ދިގުމިންވެސް މިނިސްޓްރީއިން ކަނޑައަޅާފައިވާއިރު ގުރޭޑު އެކަކުން ހަތަކާއި ހަމައަށް ކިޔަވާ ކުދިންގެ ދަންފަޅީގެ ދިގުމިން ބަހައްޓަން ޖެހޭނީ ދެގަޑިއިރާއި ތިރީސް މިނެޓަށެވެ. އަދި ގުރޭޑު 8އާއި 10 ގެ ދަރިވަރުންގެ ދަންފަޅީގެ ދިގުމިނަށް ތިން ގަޑިއިރު ކަނޑައަޅާފައިވާއިރު މަތީ ސާނަވީގެ ދަރިވަރުންނަށް ހަތަރު ގަޑިއިރުގެ ކިޔެވުން އޮންނާނެއެވެ.

އަދި މާއްދާތަކުގެ ވަގުތު ދަންފަޅީގެ ދިގުމިނަށް ފެއްތުމަށް ކޮންމެ މާއްދާއެއްވެސް ތިރީސް މިނެޓާއި 45 މިނެޓާއި ދެމެދުގެ ވަގުތަކަށް ހެދުމަށް އަންގާފައިވެއެވެ.

މި ސާކިއުލާގައި ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ ހަރަކާތްތައް ރާވައި ހިންގުމަށް ވެސް ބުނެފައި ވުމުގެ އިތުރުން މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ވަގުތުގައި ސްކޫލް ހަރަކާތެއް ނުހިންގުމަށާއި ސްކޫލްގައި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށް ވެސް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top