ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރާއެކު ކިހާދޫ އިންގިލާބީ ބަދަލަކަށް

16473673_10155893389043009_3875118944490171036_n.jpg

ކިހާދޫގައި އަޅާ ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރުގެ މަސައްކަތަށް ބިންސާފުކުރުމުގެ މަސައްކަތް ކޯސްޓްލައިނުން އިއްޔެ ފެށިގެން ކުރިޔަށް ދަނީ / އީވީ ފޮޓޯ މުހައްމަދު ޒުބައިރު

ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ، ކޯސްޓްލައިން އިންވެސްޓްމަންޓް ގުޅިގެން ކިހާދޫގައި އަޅާ ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރުގެ މަސައްކަތް ފަށައިފިއެވެ.

223000 އަކަފޫޓް ބޮޑުބިމެއްގައި އެޅުމަށް ހަމަޖެހިފައިވާ މިސެންޓަރުގެ މަސައްކަތް ކޯސްޓްލައިން އިން ފެށީ މިދިޔަ ހަފްތާގެތެރޭގައިކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ. އެކައުންސިލްގެ ޑ. ޑިރެކްޓަރ އަދި ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ ސެންޓަރުގެ މަސައްކަތުގެ ތެރެއިން އަދި ކުރިޔަށް ދަނީ ބިންސާފުކުރުމާއި، އިމާރާތްކުރަން ބޭނުންވާ ސާމާނު ޖަމާކުރުމުގެ މަސައްކަތް ކަމަށެވެ.

ނަސީމް ވިދާޅުވީ ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރުގެ ސީދާ ޕްލޭން އެރަށު ކައުންސިލަށް އަދި ނޭނގޭކަމަށާ، ނަމަވެސް ޓްރޭނިންގަށް ބޭނުންވާ ކްލާސް ރޫމްތަކާ އޮފީސް އިމާރާތްތައް މިފޭސްގެތެރޭގައި ކުރިޔަށްދާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

“ޕްރޮޖެކްޓަކީ އެޑިއުކޭޝަނާ، ކޯސްޓްލައިން ގުޅިގެން ކުރިޔަށްދާކަމެއް. އަޅުގަނޑުމެން ދިނީ ބިން. ގައިޑްލައިން އަޅުގަނޑުމެންނަށް ފޮނުއްވާނެކަމަށް އެބަބުނޭ. މިހާރު ލިބޭ މައުލޫމާތަށް ބަލާއިރު މިފޭސްގެ ދަށުން 7 ކްލާސްރޫމާ، އޮފީސް އިމާރާތެއް ގާއިމް ކުރާނެކަމަށްވަނީ” ނަސީމް ވިދާޅުވިއެވެ.

ކިހާދޫ ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރު އަޅާ ބިން . މިއީ އިންގިލާބީ ބަދަލަކަށް ވާނެކަމަށް އެރަށު ކައުންސިލުން ދެކޭ / އީވީ ފޮޓޯ: މުހައްމަދު ޒުބައިރު

އޭނާ ވިދާޅުވީ މިޕްރޮޖެކްޓަކީ މުޅިކިހާދޫގެ މުސްތަގްބަލަށް ބަލާއިރު ރަށަށް އަންނާނެ އިންގިލާބީ ބަދަލަކަށް ވާނެކަމަށާ، މިކަމުގެ ސަބަބުން ރަށުގެ އުމްރާނީ އަދި އިޤްތިސާދީ ކުރިއެރުން ދަންނަވަންވެސް ނޭނގޭކަމަށެވެ.

“ވަޒީފާތަކެއްވެސް އުފެދިގެންދާނެ ދެއްތޯ. އަޅުގަނޑު ދެކެނީ މިޕްރޮޖެކްޓާއެކު މުޅިރަށަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް، އެއީ އިގްތިސާދަށް ބެއްޔަސް، އުމްރާނީ ތަރައްޤީއަށް ބެއްޔަސް.”

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކިހާދޫގައި ގާއިމްކުރާ މި މަރުކަޒުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތާއި މި ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތެރިކަމެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top