މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންކަން ރޫނީއަށް

އާކެޕްޓަން ރޫނީއާއި، ވައިސްކެޕްޓަން ފްލެޗާ

އާކެޕްޓަން ރޫނީއާއި، ވައިސްކެޕްޓަން ފްލެޗާ

އާކޯޗް ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ނުކުންނަ މެންޗެސްޓަރ ޔުނައިޓެޑް ޓީމްގެ ކެޕްޓަންކަން ވޭން ރޫނީއަށް ދީފިއެވެ.

އުމުރުން 28 އަހަރުގެ ރޫނީއަށް ކެޕްޓަންކަން ދިނީ އެޓީމްގެ ކެޕްޓަންކަން ކުރަމުންދިޔަ ނިމެންޖާ ވިޑިޗް އިންޓަމިލާނަށް ބަދަލުވުމާއި ގުޅިގެންނެވެ. ރުނީގެ ފަހަތުން ވައިސް ކެޕްޓަނެއްގެ ރޯލް އަދާކުރާނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޑަރެން ފްލެޗާއެވެ.

ވެންހާލްގެ އިރުޝާދުގެ ދަށުން ވޯލްޑްކަޕްގައި ކުޅުނު ނެދަލޭޑްސްގެ ވޭންޕާސީ އަށް ޔުނައިޓެޑްގެ ކެޕްޓަންކަން ދޭންއުޅޭކަމުގެ ވާހަކަތައް މީޑިޔާގައި ފެތުރުނުނަމަވެސް ވެންހާލް ބުނީ ރަނގަޅު ކެޕްޓަނެއް ޓީމުގައި ހުރުމަކީ އޭނާއަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ.
“ކެޕްޓަންކަމަކީ އަހަރެންނަށް ވަރަށް މުހިއްމު ކަމެއް. ރޫނީ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އެކަން ސާބިތުކޮށްދީފައި. އަރަމުން އަންނަ ކުޅުންތެރިންނަށް ރޫނީއަކީ މިސާލެއް. އަހަރެން ޤަބޫލުކުރާގޮތުގައި ރޫނިގެ ހިތާއި ފުރާނައިން އޭނާ މި ޒިންމާ އަދާކުރާނެ”

ޔުނައިޓެޑްގެ ކެޕްޓަންކަން ލިބުމުން ރޫނީ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި، އެޒިންމާ އަދާކުރާނީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ.
“މި މަޤާމް ލިބުނީތީ ވަރަށް އުފާކުރަން. މި ޒިންމާ އަހަރެން އަދާކުރާނީ ފަހުރުވެރިކަމާއެކު. އަދި ޓިމްގެ މެނޭޖަރ އަހަރެންނަށް ކުރި އިތުބާރާމެދު ވަރަށް އުފާކުރަން”
ރުނީގެ ކެޕްޓަންކަމުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ މެޗް ކުޅޭނީ ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗްގައި ސްވާންސޭއާއި ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top