ޔޫއެފްއާ ސުޕަރކަޕް ރިއަލްމެޑްރިޑް ކާމިޔާބުކޮށްފި

10603573_10150652709749953_433283902109814366_n.jpg

ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއިއެކު ސެވިއްޔާ ބަލިކޮށް ޔޫއެފްއާ ސުޕަރކަޕް ރިއަލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ރިއަލްމެޑްރިޑް ކާމިޔާބުކުރީ 0-2 އިންނެވެ. މެޗްގައި ރިއަލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ފުރަތަމަ ގޯލް ރޮނާލްޑޯ ޖެހީ މެޗްގެ 30 ވަނަ މިނިޓްގައެވެ. އަދި ދެވަނަ ގޯލްޖެހީ މެޗްގެ 49 ވަނަ މިނިޓްގައެވެ.

ސެވިއްޔާ މިމެޗް ކުޅުނީ މިދިޔަ ސީޒަންގައި ޔޫރަޕާ ލީގު ކާމިޔާބުކުރި ޓީމްގެ ހައިސިއްޔަތުންނެވެ. ރޭގެ މެޗަށް ނުކުތް ރިއަލްމެޑްރިޑްގެ ޓީމަކީ ފުޓްބޯޅައިގެ ތާރީޚުގައި ވާދަވެރިމެޗެއްގައި ކުޅުނު އެންމެ އަގުބޮޑު ޓީމެވެ. ރޭކުޅުނު ރިއަލް މެޑްރިޑްގެ ފުރަތަމަ އެގާރައިގެ ޖުމްލަ އަގު 526 މިލިއަން ޕައުންޑަށް އަރައެވެ. އޭގެ ތެރޭގައި އެޓީމާއި އަލަށްގުޅުނު ޓޮނީ ކްރޫސް އާއި 63 މިލިއަން ޕައުންޑަށް ރިއަލްމެޑްރިޑަށް ބަދަލުވި ހަމެސް ރޮޑްރިގޭޒް ހިމެނެއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދި ރޮނާލްޑޯ ބުނީ މެޗްގެ ފުރަތަމަ ގޯލްޖެހުމުން އޭނާއަށް އިތުބާރުލިބުނުކަމަށާއި، ކުރިއަތް އޮތްތަނުގައި އިތުރަށް ރަނގަޅުކުރަން ބުރަކޮށް މަސައްކަތްކުރާނެކަމަށެވެ.

“މެޗްގައި ގޯލެއް ޖެހުމުން އަހަރެންނަށް އިތުބާރުލިބުނު، ކުރިއަށް އޮތްތަނުގައި ބުރަމަސައްކަތުން އަހަރެން ލެވެލް ކުރިއަރުވަން މަސައްކަތްކުރާނަން. މިމެޗްގައި ޓީމްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ އަދި ގިނަ ހަމަލާތަކެއް އުފެއްދުނު، މިއީ ޓީމަށް ހައްގު މޮޅެއް”
ސީޒަންގެ ފުރަތަމަ ތައްޓާއިއެކު ރިއަލް މެޑްރިޑްގެ އުއްމީދަކީ މިސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top