ބޮޑު އީދުގައި ބޭއްވޭ އެންމެ ޝަރަފްވެރި ބަށި މުބާރާތް

މެޑަމް ފާތިމަތު އިބްރާހީމް ފިރިކަލުންގެ އަރިހުގައި

މެޑަމް ފާތިމަތު އިބްރާހީމް ފިރިކަލުންގެ އަރިހުގައި

އަންނަ ބޮޑުއީދުގައި އޭދަފުށީގައި އޮންނަ ކުޅިވަރުތަކުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތުއިބްރާހީމްގެ ވާދައިގެ ތައްޓަށް ކުޅޭ ބަށި މުބާރާތް އިތުރުކޮށް އެމުބާރާތް ބާއްވާގޮތަށް އޭދަފުށީޒުވާނުންގެ ކްލަބުން ހަމަޖައްސައިފިއެވެ.

އީވީ އާ ވާހަކަ ދައްކަމުން ޒުވާނުންގެ ކްލަބްގެ އިސް ބޭފުޅެއްކަމުގައިވާ މުހައްމަދު ޒާހިދު (ބައްޓޭ) ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހީމްގެ ވާދައިގެ ތައްޓަށް ކުޅެވޭ ބަށި މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ރައީސް ޔާމީން2018 ގެ ރިޔާސީ ރޭހަށް ނުކުންނަވާއިރު އެކަމަށް ތާއީދު ހޯދުމެވެ.

ބައްޓަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިދުވަސްކޮޅު ވަރަށް ފޯރިއާއެކު ކުޅެވެމުންދާ ކުޅިވަރަކަށް ވާތީ އެކަމުގައި ބައިވެރިވެ އެކަމަށް ހިތްވަރުދިނުމަކީ ވެސް ޒުވާނުންގެ ކްލަބުން ބަށި މުބާރާތެއް ބޭއްވުމަށް ގަސްދުކުރި ސަބަބެއްކަމަށް ބައްޓޭ ވިދާޅުވިއެވެ. ޗެމްޕިއަން ޓީމަށް10000ރ. އަދި ރަނަރއަޕަށް 5000ރ. ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބަށިރާނީއަށް ހޮވޭ ފަރާތަކަށް ޓްރޮފީއާއި ހަނދާނީ ލިއުމުގެ އިތުރުން ކޮލަމްބޯއަށް ދެކޮޅު ޓިކެޓްވެސް ލިބެއެވެ.

މުބާރާތާބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7955110،7873772،7782664 އާގުޅުއްވުމުން ސާފުވާނޭކަމަށް ބައްޓޭވިދާޅުވިއެވެ.

މި މުބާރާތުގެ އިތުރަށް ޒުވާނުންގެ ކްލަބްގެ ފަރާތުން “ރައީސްޔާމީން2018″ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.  މި މުބާރާތުގެ ޗެމްޕިއަންޓީމަށް 50000ރ. ކަނޑައަޅާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top