ބެޑްމިންޓަން : އެއްޓީމު މޮޅުވެ އަނެއް ޓީމު ބަލިވެއްޖެ

11885219_10153524759823583_1634382147599291291_n.jpg

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ގައުމީ މުބާރާތުގައި އޭދަފުށިން ބައިވެރިވެފައިވާ ދެޓީމުން އެއްޓީމު ބަލިވެ އަނެއް ޓީމް މޮޅުވެއްޖެއެވެ.

“ފޭލި” ޖަމިއްޔާގެ ނަމުގައި ދެވަނަ ޑިވިޜަންގައި ބައިވެރިވެފައިވާ އޭދަފުށި ބެޑްމިންޓަން ކޮމިޓީ ގެ ތަޖްރިބާހުރި ކުޅުންތެރިންގެ ޓީމު ރޭ ބައްދަލުކޮށްފައިވަނީ ޒެޑްޓީމާ އެއްވެ. މި މެޗު އޭދަފުށީ ކާމިޔާބުކޮށްފައިވަނީ 4-1ންނެވެ.

ވަރަށް ޒުވާން ކުދިން ކޮޅެއް ހިމެނޭ އަނެއް ޓީމް ބައިވެރިވެފައިވަނީ އަތޮޅު ލީގު ގައެވެ. މިޓީމު ފުރަތަމަ މެޗުގައި ރޭ އައްޑޫ ބީޑީސީއާ ވާދަކޮށްގެން ބަލިވެފައިވަނީ 0-5ންނެވެ.

އޭދަފުށީ ބީޑީސީގެ ޓީމު މިއަހަރު ފޭލި ޖަމިއްޔާގެ ނަމުގައި ބައިވެރިވީ ކީއްވެގެންކަން ސާފުކޮށްދެމުން އެޓީމުން ބުނީ އެހެން ހަދަން ޖެހުނީ އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީއަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގޮތްޕަކަށްވެފައި އެއޯސިއޭޝަންގެ ގަވާއިދުގައިވާ ގޮތުން ޖަމިއްޔާ ނުވަތަ ކްލަބަކަށް ނޫނީ ދެވަނަ ޑިވިޜަންގައި ބައިވެރިނުވެވޭތީއެވެ.

އޭދަފުށި ބެޑްމިންޓަން ކޮމިޓީ އަކީ ބެޑްމިންޓަން އަތޮޅު ލީގުގެ ތަށި ޖެހިޖެހިގެން ތިން އަހަރު ހޯދައި މިލްކު ކޮށްފައިވާ ތަޖްރިބާހުރި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ.

މި ޓީީމު މިއަދު ހަވީރު 6:00 ގައި ބައްދަލުކުރާނީ ދަންވަރު އެފްބީސީއާ އެވެ.

މި މުބާރާތުގެ އަތޮޅު ލީގުގައި ބައިވެރިވެފައިވާ އޭދަފުށީގެ ޓީމް މިޜޭ ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ހޮޅުދޫ ބީޑީސީއާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top