ކުރެހުމާއި މަޒްމޫނު ލިޔުމުގެ މުބާރާތެއް

big_OcrbORlr5dkAEKa8U3phVoNby.jpg

ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސް އިދާރާއިން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

މަޖިލިސް އިދާރާއިން ބާއްވާ މުބާރާތުގެ ތީމަކީ “ރައްޔިތުންގެ ވެރިކަން – ރައްޔިތުންގެ މަޖިލީހުގެ ދައުރު” އެވެ.

މަޖިލީސް އުފެދިގެން އައި ގޮތާއި އެކި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ދައުރު ކަނޑައެޅުނު ހަމަތަކުގެ އިތުރުން އެ ދައުރުތައް މަޖިލީސްތަކުން އަދާކުރަމުން އައި މިންވަރު މި ތީމްގެ ތެރޭގައި ހިމެނެ އެވެ.

މަޖިލީސް އިދާރާއިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އުމުރު ފުރާތަކަކަށް ބަހާލައިގެންނެވެ.

ދެ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް (މަޒުމޫނު ލިޔާ މިންގަނޑާ އެކު)

  • 35 އަހަރުން މަތި – 1300 ލަފްޒާއި 1500 ލަފްޒާއި ދެމެދު
  • 35 އަހަރާއި 18 އަހަރާއި ދެމެދު – 1000 ލަފްޒާއި 1300 ލަފްޒާއި ދެމެދު
  • 18 އަހަރާއި 14 އަހަރާއި ދެމެދު – 1000 ލަފްޒާއި 1200 ލަފްޒާއި ދެމެދު
  • 14 އަހަރުން ދަށް – 600 ލަފްޒާއި 800 ލަފްޒާއި ދެމެދު

މުބާރާތުގައި މަޒުމޫނު ލިޔާނީ ކަނޑައަޅާފައިވާ ތީމުގެ މައްޗަށް ބައިވެރިން ކަނޑައަޅާ އަމިއްލަ މައުލޫ އަކަށެވެ. އެއްވެސް ރިފަރެންސެއް ބޭނުންކުރާނަމަ ރިފަރެންސް ވެސް ހިމަނަން ވާނެ ކަމަށެވެ. އަދި އުމުރުފުރާތަކަށް ވަކި މިންވަރަކަށް ލަފްޒު ވެސް ކަނޑައަޅާފައިވެ އެވެ.

މި ދެ މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް 4000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ދެ މުބާރާތައް ވެސް ފައިސާގެ އިނާމު ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ.

މީގެ އިތުރުން ވަކިވަކި އުމުރު ފުރާތަކުން ވެސް ވަނަ ހޮވާނެ ކަމަށް މަޖިލީސް އިދާރާއިން ބުންޏެވެ.

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 2:00 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top