މައިނޯރިޓީއަށް މިހާރަށްވުރެ ބޮޑަށް އިހުތިރާމް ކުރަންޖެހޭ- އެމްޕީ ސަލީމް

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީއަށް މިހާރަށްވުރެ ބޮޑަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގައި މިކަމާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ސަލީމު ވިދާޅުވީ މަޖިލީހުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ ބޭނުންކޮށްގެން ތަޅުމުގައި އިދިކޮޅުގެ އަޑުކަނޑުވާލައި، ރަނގަޅަށް ބަހުސްކުރަން ޖާގަ ނުދޭ ކަމަށެވެ.

“މައިނޯރިޓީގެ ހައެއްކަ މީހުން ތިބޭއިރު، އެ މީހުން ވާހަކަ ދައްކަން ފަށާއިރަށް 65 މީހުން ނުކުމެ ނިޒާމީ ނުކުތާ ނަގައިގެން ވާހަކަ ހުއްޓުވުމަކީ ވަރަށް ނިކަމެތި ކަމެއް،” ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ހުންނަވާ ސަލީމް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ބަހުސް ކުރައްވާއިރު، އެމްޑީޕީގެ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނެގުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

ރާއްޖޭގައި މުވަައްޒަފަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނއެޅުމަށް ފަހު، އެއާ ގުޅުވައި، ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލިކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މިއަދު ކުރިއަށް ދިޔަ ބަހުސްގައި މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި އެ ވާހަކަ އަށް ހުރަސްއަޅަން މަސައްކަތް ކުރައްވައިފަ އެވެ.

ސައީދުގެ ވާހަކަ ނިންމާލެވުމާއެކު، އެކަމާ ދެކޮޅަށް ތެދުވެވަޑައިގެން ސަލީމް ވިދާޅުވީ މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ ނުވަ މެމްބަރުން ތިބޭއިރު، މައިނޯރިޓީއަށް މިހާރަށްވުރެ ބޮޑަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ ރިސޯޓު ހިންގާ ފަރާތްތަކުން އެދުމުގެ ކުރިން މިނިމަމް ވޭޖާ ގުޅުވައި ރިސޯޓު ކުލި ކުޑަކުރަން އުޅެނީ ކޮންމެވެސް ޑީލެއްގެ ދަށުން ކަމަށް ސައީދު ކުރެއްވި ތުހުމަތު ސަލީމް ވެސް ނުސީދާކޮށް ތަކުރާރު ކުރެއްވި އެވެ.

“ދިވެހި ސަރުކާރު ވިޔަފާރިވެރިންގެ އަތްދަށުވެފައި އޮވެގެން ނުވާނެ. އެހެންވެއްޖެއްޔާ ސަރުކާރު އިސްތިއުފާ ދީފަ ގެއަށްދޭ،” ސަލީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top