ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް

IMG_20210113_064552417.jpg

އޭދަފުށި. މޫސުން ގޯސް ދުވަހެއް

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އިތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވެ ވިއްސާރަ ވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ބުނެފި އެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ތިން ދުވަހަކީވެސް މޫސުން ގޯސްވެ ވިއްސާރަވާނެ ތިން ދުވަހެވެ. އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރަށާއި މެދު ރާއްޖެ ތެރެއަށް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ސަރަހައްދުގެ ރަށްތަކަށް ވައި ވެސް ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ އެވެ.

މެޓް އޮފީހުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ވ. ރަކީދޫ އަށެވެ. އެ ރަށަށް އިއްޔެ 7.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ދައްކައެވެ.

މޫސުން ދެން ރަނގަޅުވާން ފަށާނީ އަންގާރަ ދުވަހުގައި ކަމަށާއި އެ ދުވަހުވެސް ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ދުވަސް ކޮޅު ކަނޑުތައް ގަދަވެ މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top