ސުޕަ މެޖޯރިޓީ އާއެކު ބިރެއް ނުދައްކާނަން: ސަލީމް

large_170788322114eDUB.jpg

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް: -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބިފައިވާ ސުޕަ މެޖޯރިޓީ އާއެކު މީހުންނަށް ބިރު ނުދައްކާނެ ކަމަށާއި މަޖިލީހުގެ މައިނޯރިޓީއަށް އިހުތިރާމް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިންތިޚާބުގެ ފަހުން މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި ސަލީމް ވިދާޅުވީ ނަފުސާނީ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވަމުން އަންނަނީ ސަރުކާރުތައް ހިންގާ ގޮތުން ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ ގޮތުގެ ނަތީޖާއެއްގެ ގޮތުން މީހުންގެ ވިސްނުމަށް ބަދަލު އައުމާއި ނިކަމެތިކަން ރައްޔިތުންނަށް ޖެހުމާ އަދި އެ ހާލަތު މެދުވެރިވާ ގޮތްގޮތުން އެ އަސަރު ކުރިމަތިކުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ސަރުކާރަކުން ވެސް ވިސްނަން ޖެހޭނީ ރައްޔިތުންނާ ދޭތެރޭގައި ކަމަށް ވީނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ރާއްޖޭގެ ހާލަތު މަދު ބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމަކީ ނިކަމެތިން ނިކަމެތިވެގެންދާ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ކަންތައްތައް ހިނގާފައިވާ ގޮތުން މަޖިލިހުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އާރާއި ބާރާއި ނުފޫޒަކީ އެއްވެސް ބައެއްގެ އަތްމަތީގައި އަބަދު އޮންނާނެ އެއްޗެއް ނޫން ކަމަށާއި އާރާއި ބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ނަފުސާނީ ގޮތުން ގެއްލުންދީ ހެދުމުން އާޚިރުގައި އޭގެ އަނެއްކޮޅަށް ކަންކަން އެނބުރޭކަން ފެންނަމުންދާ ނަތީޖާތަކުން ސާފުވާ ކަމުގަ އެވެ.

ކޮންގްރެސް ޕާޓީން މަސައްކަތް ކުރާނީ ހުރިހާ ބަޔަކަށް އެއްވަރަށް ހިއްސާކޮށްގެން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ވެސް ހުރީ އެގޮތަށް ކަމަށް ސަލީމް ވިދާޅުވިއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top