ކައުންސިލުތަކަށް ގެސްޓު ހައުސްއާއި ފިހާރަ ހިންގޭގޮތަށް ގަވާއިދު އިސްލާހު ކޮށްފި!

EYD-AERIAL-4.jpg

އޭދަފުށި އޭރިއަލް ފޮޓޯއެއް. ފޮޓޯ: ޔާނިއު

ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް ކުންފުނި އުފައްދައިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރެއަށް ގެސްޓު ހައުސް ވިޔަފާރިއާއި އަސާސީ މުދާ ވިއްކާ ފިހާރަތައް ހިމަނައި ގަވައިދު އިސްލާހު ކޮށްފިއެވެ.

މި ގަވައިދުގައިވާ ގޮތުން ކައުންސިލަށް ވިޔަފާރި ކުންފުންޏެއް ހަދަން ހުއްދަ ދެވޭނީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތް ތަކަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުގެ ކިބައިގައި ހުންނަ ޝަރުތުތައް ކަނޑައަޅާނީ، ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެވެ.

އެގޮތުން ކައުންސިލްތަކަށް ކުރެވޭނެ ބައެއް ވިޔަފާރީގެ ތެރޭގައި ކޮންވެންޝަން ސެންޓަރު ހިންގުމާއި، އެއާޕޯޓު ހިންގުމާއި، ކްލިނިކާއި ހޮސްޕިޓަލް ހިންގުމާއި، ގެސްޓު ހައުސް، މަސް ޕްރޮސެސް ކުރުން، ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި، ބޯޓު ޔާޑު އަދި ފާމަސީ ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ނަމަވެސް ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހުގައި ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ ތެރޭގައި ނުހިމެނޭ ކަމެއް ވިޔަފާރިގެ ގޮތުގައި ކައުންސިލަކުން ކުރުމަށް ހުށައަޅައިފި ނަމަ، އިކޮނޮމިކް މިނިސްޓްރީން މިކަމަށް ހުއްދަ ދޭން ވާނީ އެލްޖީއޭ ގެ ލަފަޔާ އެކީ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ހުއްދަ ނޫން ވިޔަފާރިއެއް ކައުންސިލަކުން ކުރާ ނަމަ 10،000ރ.އިން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top