ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ގެނެސްފި

138922704_10159372066904766_5053749333142201611_n.jpg

ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ އެއް ލައްކަ ޑޯޒު މިއަދު ރާއްޖެ ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާ އެކު 23 މާޗްގައި އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަނެފައެވެ.

ބާކީ 100،000 ޑޯޒް ރާއްޖެއަށް ގެންނާނެ ދުވަހެއް ފޮރިން މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އިންޑިއާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ދެ ލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާ ކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ވެސް ދިވެހިރާއްޖެއަށް ބާރަ ހާސް ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފަރާތްތަކުން ވެކްސިން ޖަހަމުންދާ އިރު މިހައިތަނަށް މުޅި ރާއްޖެއިން ޖުމްލަ 232،175 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހައިތަނަށް ޖުމްލަ 129،069 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 103،106 މީހަކަށް ވެކްސިން ދީފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top