ބީއެމްއެލް އިން ބުނަނީ ކަސްޓަމަރުންގެ އެކައުންޓުތަކުން ދެފަހަރަށް ފައިސާ ނުކަނޑާ ކަމަށް.

Polish_20200906_154847883-850x548.jpg

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް ) ކަސްޓަމަރުންގެ އެކައުންޓުތަކުންދެފަހަރަށް ފައިސާ ނުކަނޑާ ކަމަށް އެބޭންކުން ބުނެފި އެވެ.

“ފޮރިން ޕާޗެސް” ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ކަނޑާފައިވާ ކަމަށާއި، އެއީ އެފަރާތްތަކުން ކޮށްފައިވާ ވިޔަފާރިއެއް ނޫން ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުން ކަނޑާފައިވަނީ ކަސްޓަމަރުން ކުރިން ކޮށްފައިހުރި ފައިސާގެ މުޢާމަލާތްތައް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ އެކައުންޓުތަކުން ކަނޑާފައި އެވަނީ ކުރިން އެފަރާތްތަކުން ކޮށްފައިވާ ފައިސާގެ މުޢާމަލާތްތައް ކަމަށާއި އިންޓެނެޓް ބޭންކިންގ މެދުވެރިކޮށް އެމުޢާމަލާތަކަށް “ކްލިކް” ކޮށްލުމުން، މުޢާމަލާތް ކޮށްފައިވާ ތާރީޚު އެނގެން ހުންނާނެ ކަމަށެވެ.

“ޓްރާންސެކްޝަން ހަދާފައިވާ ދުވަހުގެ ތަފްސީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލައިލެވޭނެ،” ބީއެމްއެލްއިން ބުންޏެވެ.

“ގޮތް ނޭނގޭ އެއްވެސް ފައިސާގެ މުޢާމަލާތެއް ހިނގާފައިވާނަމަ، ކާޑް ޓްރާންސެކްޝަން ޑިސްޕިއުޓް ފޯމެއް ހުށަހަޅުއްވާ. އަަޅުގަނޑުމެން އޭރުން އެކަމުގައި އެހީތެރިވެދޭނަން” ބީއެމްއެލް ގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެބޭންކުން ބުނެފައިވަނީ އެކައުންޓު ވެރިފައީ ކުރުމަށް ކަމަށް ބުނެ ކަސްޓަމަރުންނަށް އީމެއިލް ލިބެމުންދާ ކަމުގެ ކަންބޮޑުވުންތަކެއް ވެސް ބީއެމްއެލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ މެއިލް ތަކުގައި ހުންނަ ލިންކު ނުހުޅުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top