ދުސިތު ތާނީ ހުޅުވުން އަންނަ މަހު 1ގައި.

287062_17083016480055854774.jpg

ބ.މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓް ---ފޮޓޯ / އަގޯޑާ .ކޮމް

އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ގިނަ ޒުވާނުން ތަކެއް ވަޒީފާ އަދާކުރަމުން އަންނަ ބ.މުއްދޫގައި ހިންގާ ދުސިތު ތާނީ ރިސޯޓު،  ކޮވިޑަށްފަހު އަންނަ އޮގަސްޓްމަހު 1ވަނަ ދުވަހު އަލުން ހުޅުވާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ދުސިތު ތާނީ މޯލްޑިވްސް އިން ބުނީ އަލުން ރިސޯޓު ހުޅުވާއިރު ގިނަ ބަދަލުތަކެއް ގެނެސްފައިވާނޭ ކަމަށެވެ. އެގޮތުން ހިލޭ ބުއިންތަކާއި ލުއި ކާނާގެ ބާވަތްތައް ލިބުމުގެ އިތުރުން އައުޓް ޑޯ ޖިމް ފެސިލިޓީ އާއި މޮބައިލް ޕޭމަންޓް ފެސިލީޓީތައް ގާއިމް ކުރުން ހިމެނޭ ކަމަށާ ހަމަ އެއާއެކު މިހާރުގެ ހާލަތަށް ހާއްސަކޮށް، އަގު ހެޔޮ ޕެކޭޖުތަކެއް ވެސް ތައާރަފު ކޮށްފައިވާނޭ ކަމަށެވެ.

ދުސިތު ތާނީ އިންޓަނޭޝަނަލް އިން ދާދި ފަހުން ވަނީ ނިއު ނޯމަލްގައި ރިސޯޓުތައް ހުޅުވެން ވާއިރަށް އެކުލަވާލާފައިވާ ހާއްސަ އުސޫލުތަކެއް ތައާރަފު ކޮށްފަ އެވެ.

ތައިލެންޑުގެ އެންމެ ބޮޑު ހޮޓެލް ގްރޫޕު، ދުސިތު ތާނީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ހުރިހާ ޕްރޮޕަޓީތަކަކުން ހިދުމަތް ހޯދާ މީހުންނަށް ސޯޝަލް ޑިސްޓެންސިން އާއި ރައްކާތެރިކަމުގެ މިންގަނޑުތައް ޔަގީން ކުރާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުސިތު ތާނީ ގްރޫޕުން އެކުލަވާލާފައިވާ “ދުސިތު ކެއާ- ސްޓޭ ވިތް ކޮންފިޑެންސް” ގައި ހާއްސަ ފަސް ކަމެއް ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top