މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް!

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ވިދާޅުވީ މިއަދު މުޅި ރާއްޖެ އަށް ވެސް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި ކަނޑުތައް ގަދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދު ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި މިވަނީ ރާއްޖޭގެ އެއްކޮޅުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން “އަސަނި” އުފެދި އަދި އަނެއް ކޮޅުން ސަދަން ހެމިސްފިއާގައި ތޫފާން “ކާރިމް” އުފެދިފައި ވަނިކޮށެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް ދަތުރު ކުރަމުންދާއިރު، މިތޫފާނުގެ ބާރު މިއަދު ގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ތޫފާން ކާރިމް ދަތުރު ކުރަމުން ދަނީ ކޮކޯ އައިލެންޑް ކައިރިން ރާއްޖެއާއި ދުރަށެވެ.

މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެތޫފާންގެ ސަބަބުން ކުރިއަށް އޮތް 2-3 ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top