އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްވެއްޖެ

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

ރާއްޖޭގެ އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްވެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

ވައިގެ ބާރުމިނަށް ބަލާއިރު ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނާއި މެދުރާއްޖެތެރޭގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓުން ލަފާކުރެއެވެ.

ދެކުނާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ދެފޫޓާއި ހަތަރު ފޫޓުގެ އުސްމިނެއްގައި ކަމަށެވެ.

ރާއްޖޭގެ އުތުރާއި މެދަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާއިރު ސަރަހައްދީ މޫސުމީ އިދާރާ، ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ (އާރްސީއެމްސީ)ން ބުނެފައިވާގޮތުގައި އަންޑަމަން ކަނޑުގައި މިއަދު ލޯ ޕްރެޝަރެއް އުފެދުމުގެ ފުރުސަތު އެބައޮތެވެ. މި ލޯ ޕްރެޝަރު އުފެދި އިތުރަށް ބާރުގަދަވެ ކުރިއަށް އޮތް 48 ގަޑިއިރު ހުޅަނގު އުތުރަށް ދަތުރު ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top