އަގަށް އެސައިންމަންޓް ހަދައިދިނުމަކީ ކުށެއް. ބޮޑު އަދަދުން ޖުރުމަނާ !

287664_3_646153bcd272979ff3f9a4f02b85ef25fc5ecf15_large.jpg

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: / މިހާރު

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި މަތީ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000 ރުފިޔާ އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އެހެން މީހުންނާ ހަވާލުކޮށްގެން އެސައިންމަންޓް ހެއްދުމަކީ އާއްމު ކަމެކެވެ. އިޝްތިހާރުކޮށްގެން މީހުން އެފަދަ މަސައްކަތްތައް ކޮށްދިނުން ވެސް ވަނީ ވިޔަފާރިއަކަށް ވެފަ އެވެ.

އެފަދަ އަމަލެއް ދަރިވަރު ހިންގިތޯ ބެލުމަށް، އެކަށީގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބަޔާން ކުރާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގައި އެ މާއްދާ ހިމެނި ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާންމުވެފައިވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މަސައްކަތުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ ސަބަބުން މަތީ ތައުލީމުގެ ފެންވަރު ދައްވާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަތީ ތައުލީމާ ބެހޭ ބިލް ފާސްވުމުން ރާއްޖޭގެ މަތީ ތައުލީމްއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލުވެގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top