ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ރަނގަޅެއް ނޫން.

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ރ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ކުރިއަށް އޮތް ދެދުވަހުވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަ ކޮށްފިއެވެ.

މިއަދު ހަވީރު 16:45 އިން ރޭގަނޑު 21:00 އާ ހަމައަށް މެޓްއޮފީހުން ވައިޓް އެލާޓް ނެރެފައިވާއިރު އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުން ބުނާގޮތުގައި މާދަމާގެ އެކި ވަގުތުތަކުގައިވެސް މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާ ކުރާނެއެވެ. އަދި ހުކުރު ދުވަހު އަނެއްކާވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާާނެކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 2- 5 ފޫޓާއި ދެމެދުގައި ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން މެދު ރާއްޖޭގެ އެކި ސަަރަހައްދުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އަދި ހެނދުނުން ފެށިގެން އޭދަފުއްޓަށް ވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހެމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top