އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެއްޖެ.

މސުން.jpg

އޭދަފުށި .

ރާއްޖޭގެ އުތުރުން ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ދެމަދަށް ކުރއަށް އިތް ވަގުތު ތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމާއެކު ގަދައަށް ވައިޖެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމި އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ މެންދުރު 1:10 ން ހަވީރު 5:10 އަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 40 މޭލުގެ ބާރު މިނުގައި ވައިޖެހުމާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

މެތް އޮފީހުން މައުލޫމާތު ދޭގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެއެވެ. އަދި ގަނޑުތައް ގަދަވެ 3-5 ފޫޓާއި ދެމެދުގެ ރާޅު ނަގާނެ އެވެ.

މިއަދު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top