ހިތާދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް ބަޔަކާހަވާލު ކޮށްފި

maxresdefault.jpg

ފުޓްސަލް ދަނޑެއް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބ.ހިތާދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ހިތާދޫ، ފުޓްސަލް ދަނޑުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ ކޯޕައިން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކާއެވެ. މި ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހްލޫފެވެ. ކޯޕައިން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިހާމް އެވެ.

ރާއްޖޭގެ ކުޅިވަރު އިންފްރަސްޓްރަކްޗަރ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މަހުލޫފު ވިދާޅުވީ ކުރީ ސަރުކާރުގައި ރާއްޖޭގެ ބައިވަރު ރަށްރަށުގައި ފުޓްސަލް ދަނޑުތައް އަޅައިފައި ހުރި ނަމަވެސް އެ ދަނޑުތައް އަލުން މަރާމާތުކުރަން ޖެހިފައިވާ ކަމަށާ މި ސަރުކާރުން ބޮޑު އަގު ދީފައި ދަނޑުތައް އަޅަނީ އެކަން ކޮލިޓީކޮށް ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތަކަށް ކުރުމަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top