ބީއެމްއެލް އިން މާސްޓަ ކާޑް ތައާރަފްކޮށްފި

large_157130331436QD94.jpeg

މާސްޓަރ ކާޑުގެ ފުލް ރޭންޖް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް މާސްޓަކާޑު ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު އެކަމަށް ހާއްސަކޮށްގެން ބީއެމްއެލް އިން ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގަ ރާއްޖެއަށް މި ހިދުމަތް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ.

ބީއެމްއެލް އިން އަލަށް ތައާރަފްކުރި މާސްޓަ ކާޑަކީ ވިޔަފާރިތަކަށް ފަސޭހަކަމާއެކު، އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް ކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ހިދުމަތެކެވެ. މާސްޓަކާޑް ނެޓްވޯކް މެދުވެރިކޮށް މުއާމަލާތް ހިންގޭ މި ކާޑަކީ ބިޒްނަސް ޑެބިޓް ކާޑެކެވެ.

މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހިދުމަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްކަތުގެ ތެރެއިން ކުރި މަސައްކަތެއް ކަމަށެވެ. އަދި މި ހިދުމަތާއެކު އެފަދަ ވިޔަފާރިތަކުގެ ބޭނުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެސްދޭނެ ކަމަށާއި އަދި މިއީ ސީދާ ވިޔަފާރީގެ އެކައުންޓާގުޅޭ ކާޑަކަށް ވުމުން ފަސޭހައިން ކަސްޓަމަރުންނާ ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ރާއްޖޭގެ 20 އަތޮޅުގައި އެ ބޭންކުގެ 37 ބްރާންޗް އާއި 113 އޭޓީއެމް ހިންގައެވެ. މީގެ އިތުރުން 49 ސެލްފް ސާވިސް ބޭންކިންގް ސިސްޓަމް ބޭނުން ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top