ދެ ޔުނިވަރސިޓީ އެއްކޮށްލުމަށް ކުރެވޭ ބަހުސާމެދު ޑރ.ޒިޔާދުގެ ކަންބޮޑުވުން

DSCN6067.jpg

ޑރ.އަހުމަދު ޒިޔާދު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) އެއްކޮށްލައި، އެއް ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށް ރައްޔިތުންގެ މަޖިީހުގައި މެންބަރުން ކުރެއްވި ބަހުސާއި ގުޅިގެން އޭދަފުއްޓަށް ނިސްބަތްވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. ޒިޔާދުގެ ފޭސްބުކްޕޭޖުގައި ސަރުކާރަށް ކުރައްވާ ސުވާލެއްގެ ގޮތުގައި، ދިވެހި ބިމުގައި ހުރި އިސްލާމީ ޝަހުސިއްޔަތު އަންގައިދޭ ރަމްޒު ކަތިލުމަށް ތައްޔާރުވަނީ، އިސްލާހީ މަސައްކަތުގެ ތެރެއިންތޯ އައްސަވާފައެވެ.

”މީީ އިސްލާމިކް ޔުނިވަރސިޓީގެ ފެށުން ، އިސްލާމީ ޝައްސިއްޔަތު ރަމްޒުކޮށްދޭ އަލިގަދަ ދަންމަރެއް، ހުރިހާ ދާއިރާތަކުން ތަޢްލީމީ ޤާބިލް ދަރިންތަކެއް ދިވެހި މުޖްތަމައަށް ނެރެދިން، ދިވެހިންގެ ހިތްތަކުގައި ލޯބި އުފެދިފައިވާ މުއައްސަސާއެއް. 2009 ހިސާބުގަ މަޢުހަދު އުވާލި، ކުއްލިއްޔާވެސް އުވާލަން މަސައް ކަތްތަކެއް ކުރި، ﷲ ގެ ރަޙްމަތުން އެދުވަހު އެކަން ނުވި، މިއަދު އަޑު އުފުލަމުންދަނީ އިސްލާމިކް ޔުނިވަރސިޓީ އުވާލަން، ދިވެހިންގެ ޒަމާންވީ ތަޢްލީމީ ކިއްލާ ދިވެހި ބިމުން ފޮހެވިގެން މިދަނީ.” ޑރ ޒިޔާދުގެ އެފްބީ ޕޭޖްގައި ލިއުއްވާފައިވެއެވެ.

ޑރ .ޒިޔާދުގެ ކަންބޮޑުވުން އެފްބީގައި ފާޅު ކުރައްވާފައިވާއިރު މިހާރުގެ އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރުވެސް ވަނީ އެމްއެންޔޫއާއި އައިޔޫއެމް އެއްކޮށްލަން އުޅޭީ ކަންބޮޑުވުމން ފާޅު ކުރައްވާފައެވެ.  އޭނާ ވަނީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އަކީ ތަފާތު ދެ ފަލްސަފާގެ ދަށުން ހިންގާ މަތީ ތައުލީމުދޭ މުހިއްމު ދެ މުއައްސަސާ ކަމަށާއި އެ ދެ ތަން ވެސް ވަކި ދެ ޔުނިވާސިޓީގެ ގޮތުގައި ބޭއްވެވޭތޯ ވީހައިވެސް މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ، އޭނާގެ ފޭސްބުކްގައި ވެސް މިކަމާ ނުރުހުން ފާޅު ކުރައްވާފައިވެއެވެ. އެކަމަނާ ލިއުއްވާފައިވަނީ ފެންނަ ހެކިތަކަށް ބަލާއިރު މައްސަލަ އުޅެނީ “އިސްލާމް” އެ ބަހުގައި ކަމަށެވެ. އަދި ރާއްޖޭގައި އެތައް “ބޭކާރު” މުއައްސަސާތަކާއި ކޮމިޝަންތައް ވެސް ހުއްޓާ، މަޖިލީހުގެ މެމްބަރުންގެ ލޮލުގައި އަޅައިގަތީ އިސްލާމިކް ޔުނިވާސިޓީ ކަމަށްވެސް ލިޔުއްވާފައި ވެއެވެ.

އިސްލާމީ ކަންކަމުގައި އެމްޑީޕީގެ ސިޔާސަތު އޮންނާނެގޮތް ވަރަށް ފަހުން ޗެނަލް ނިއުސްއޭޝިޔާގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދީނީމީހުން ނުވަތަ އޭނާގެ ބަހުންނަމަ ސަލަފިސްޓުން ކިޔާނެ އެއްޗެއް އެމީހުން ކިޔަންވީ އެވެ. އެކަމަކު އަހަރެމެންކިޔާ އެއްޗެއް އަހަރެމެން ކިޔާނަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top