ދެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ރާއްޖޭގެ މޫސުން ގޯސްވެދާނެ

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ބޭ އޮފް ބެންގާލް އަދި އިންޑިއާގެ ދެކުނުން އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުން ބުނީ މި ދެ ކޮޅިގަނޑު މިހާރު އަންނަނީ އިތުރަށް ބާރުގަދަވަމުން ކަމަށާއި އެގޮތުން މާދަމާގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާ، ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރެއަށް ވިލާގަނޑުގެ ވައި ގަދަވާނެކަމަށާ، ހުޅަނގާއި ހުޅަނގު އުތުރުން 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭ އިރު އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގެ ވައި ތަންކޮޅެއް މަޑުވާނެކަމަށް ލަފާކުރެވޭ ކަމަށް އެއޮފީހުން ވިދާޅުވެއެވެ.

މޫސުމަށް މިއަންނަ ބަދަލުތަކާއެކު މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާ، ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top