ވަޒީފާގެ ކުރިއެރުން ނުލިބިގެން ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް

DHC_2581-1640696831291_rgnft4.jpg

ސިއްހީ މަސައްކަތްތެރިންގެ މައްސަލަ ކޯޓަށް ހުށަހަޅަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއައިއެލްސީގެ ވަކީލުންނާއި އެމްއެޗްޕީޔޫގެ އިސްފަރާތްތައް: ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވަޒީފާގެ ކުރިއެރުން ނުލިބޭތީ ސިއްހީދާއިރާގެ މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަނުން ޕަބްލިކް އިންޓަރެސްޓު ލޯ ސެންޓަރާ ގުޅިގެން މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 489 މުވައްޒަފުންގެ ފަރާތުންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި، ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާ ދެކޮޅަށެވެ.

މޯލްޑިވްސް ހެލްްތު ޕްރޮފެޝަނަލް ޔޫނިއަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދައި މިއަދާ ހަމައަށްވެސް ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމުގައި ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާއަށް ނިސްބަތްވާ މުވައްޒަފުން ހިމެނޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ މުވައްޒަފުންގެ ތެރޭގައި ލެބް ޓެކްނީޝަނުންނާއި، ރޭޑިއޮލޮޖިސްޓުންނާއި، ބަޔޯ މެޑިކަލް އިންޖިނިއަރުންގެ އިތުރުން އިލެކްޓްރީޝަނުންނާއި މަސައްކަތްތެރިން ހިމެނެ އެވެ.

މި މައްސަލަައިގައި ސިވިލް ސާވަންޓުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާނީ، ހިލޭ ސާބަހާ ގާނޫނީ ހިދުމަތްތައް ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

މިކަން އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއައިއެލްސީގެ ފަރާތުން ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ، ކޯޓަށް ދާން ނިންމީ އެކި ގޮތްގޮތުން މަސައްކަތްކޮށްގެން 15 އަހަރު ވީއިރުވެސް ހައްލެއް ނުލިބެގެން ކަމަށެވެ.

2008 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސްގެ ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒިފާތަކުުގެ ކުރިއެރުން ލިބޭނެ ގޮތެއް ނުވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް އެކަމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ބަޔާން ކޮށްފައިވާ އަސާސީ ހައްގުން މަހުރޫމުވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގަ އެދިފައިވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒު ކުރުމަށް ސީއެސްސީއާއި ފިނޭންސް އަދި ހެލްތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top