އާސަންދަ އިން ހޯދާ ހިދުމަތް މިހާރު ވަގުތުން ބަލައިލެވޭ

big_oy6vgMvB9WBwcaEUUXCvFqUde-e1640406165602.jpg

އާސަންދަ އިން ހޯދާ ޚިދުމަތް މިހާރު ވަގުތުން ބަލައިލެވޭ މޯބައިލް އެޕްލިކޭޝަނެއް އާސަންދަ ކުންފުނިން ތައާރަފް ކޮށްފި އެވެ.

އާސަންދަ ކުންފުނީގެ 10ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ”އާސަންދަ“ ނަމުގައި ތައާރަފް ކޮށްފައިވާ މި އެޕްލިކޭޝަނުން އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ޚިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެ އެވެ. ހަމައެއާއެކު މި ޚިދުމަތަށް ރެޖިސްޓްރީވުމުން، އެމީހަކު ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްސީލް ތަކާއި ބޭސް ސިޓީތަކުގެ ތަފްސީލްތަކާއި އެމީހަކު ހޯދާފައިވާ ޚިދުމަތްތަކަށް ޚަރަދުވާ މިންވަރުވެސް ފެންނާނެއެވެ.

މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.

އާސަންދަ” ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޚިދުމަތްތައް ދިނުމުގައި ދެފުށްފެންނާނެހެން، ރައްޔިތުންނާ ގާތުން ދިނުމަށެވެ. އަދި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިނގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ޚިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތްވެސް ހަދާފައެވެ. މި ޚިދުމަތުގައި، އާސަންދައިން ހޯދި ޚިދުމަތާ، ޚިދުމަތް ހޯދި ތަނާއި ޚަރަދުވި ފައިސާގެ ޢަދަދު މެސެޖުން ލިބޭނެއެވެ. މެސެޖް ލިބޭނީ އާސަންދަ ޚިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

”އާސަންދަ“ އެޕް.ގެ އިތުރުން އާސަންދަ ކުންފުނީގެ ޔޫޓިއުބް ޗެނަލްވެސް ވަނީ ލޯންޗްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top