އުމަރު ޒާހިރު އަވަހާރަވެއްޖެ!

l_143789415239u96J2.jpg

ދިވެހިރާއްޖެއަށް ވަރަށްގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު ކޮވިޑް-19 ބަލީގައި މިއަދު އަވަހާރަވެއްޖެއެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑްބަލީގައި، ހާލު ދެރަވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން މިކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.

އުމުރުފުޅުން 85 އަހަރުފުޅުގެ އުމަރު ޒާހިރަކީ އެކި ރޮނގުތަކުން 50 އަށްވުރެން ގިނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފާ ބޭފުޅެކެވެ. އެގޮތުން 1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފައިވެއެވެ. އުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

އުމަރު ޒާހިރު އަވަހާރަވީއިރު އަންހެން ބޭފުޅަކާއި އެމަނިކުފާނަށް ކާފަ ވިދާޅުވާ ދެ ބޭފުޅުން އެބަތިއްބެވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top