ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު ހަވީރު

DSC_5222.jpg

ލޯކަލް ކައުންސިލްއިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެވޭވަރު ވާނީ މިއަދު ހަވީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ )އިންބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އަދިވެސް ހަތަރު ވޯޓު ފޮއްޓެއް، ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެވޯޓު ގުނައި ވޯޓުލީ މަރުކަޒުގައި ނަތީޖާ އިއުލާން ކުރުމަށް ފަހު، ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ އާއި އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީގެ އިތުރުން ބައެއް އަތޮޅު ތަކުގެ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ފާއިތުވި 9 އަހަރު އެމްޑީޕީން ނަގަމުން ދިޔަ ގޮޑިތައް މި ފަހަރުގެ އިންތިހާބުގައި ވަނީ ގެއްލިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top