ނަގުދު ފައިސާ ނެގޭ މިންވަރު ބީއެމްއެލް އިން ލިމިޓް ކުރަނީ

245053_3_5b7f9a13b50809ce5fbaddb1cc6e332c4e9a08bb_medium.jpg

ބީއެމްއެލް އިން ތުޅާދޫގައި ގާއިމު ކޮށްފައިވާ ސަރވިސް ސެންޓަރު -- ފޮޓޯ /ބީއެމްއެލް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންގުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ނަގުދު ފައިސާގެ ގޮތުގައި ލިމިޓްކޮށް ގިނަވެގެން 200،000 ރުފިޔާ ނެގޭގޮތަށް ހެދުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނެފައިވަނީ އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ނެގޭނީ ދުވާލެއްގެ މައްޗަށް 200،000 ރުފިޔާ ކަމަށެވެ.

އެމްއެމްއޭއިން މިމަހުގެ ކުރީކޮޅުގައި ބުނެފައިވަނީ މި މަހުގެ 31 އިން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި އެންމެ ގިނަ ވެގެން ނެގޭނީ 200،000 ރުފިޔާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ އިލެކްޓްރޯނިކް ޓްރާންސްއެކްޝަންތަކަށް ބާރުއަޅައި ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެމްއެމްއޭއިން ދުވާލަކަށް ނަގުދު ފައިސާ ނެގޭ މިންވަރު ހިފަހައްޓާފައިމި ވަނީ ފުރަތަމަ ފަހަރަށެވެ. އެހެންނަމަވެސް ރާއްޖޭގެ ބޭންކުތަކުން ވަނީ މީގެކުރިންވެސް އެގޮތަށް އަގުތައް ކަނޑައަޅައި ވަކި ލިމިޓެއްގައި ހަމަޖައްސާފައެވެ.

ބީއެމްއެލް އިން ބުނާގޮތުގައި އަލަށް ގެންނަ ބަދަލާއެކު ވިޔަފާރިތަކަށް ނަގުދު ފައިސާ ބޭނުން ކުރުމުގައި އޮންނަ ދަތިތައް ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top