ސިޔާސީ ބޭނުމަށްވިޔަސް ދައްކައިގެން ނުވާނެ ވާހަކަ ހުންނާނެ: މައުމޫން

171397_3_a440cb2d1f81a087df59d1a7b7b9dba08d4620f5_medium-oggch4pkbsu7nw2dv6bpdedp3tificja66hzrhoxgw.jpg

ސިޔާސީ ބޭނުމަށްވެސް ދައްކައިގެން ނުވާނެ ވާހަކަ ހުންނާނެ ކަމަށާ ގައުމީ ބިން ފޮތިފޮތިވާ ފަދަ މަފުހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

“ގައުމީ ބިން ފޮތިފޮތި ވާ ފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން،” ރައީސް އޮފީހުގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓްގައިވިދާޅުވިއެވެ.

ރައީސް މައުމޫން މި މޭރުމުން ޓްވީޓެއް ކުރެއްވީ ކޮން ކަމަކާއި ގުޅުވައި ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ޓްވީޓުން އެ އިޝާރާތް ކުރައްވާ ކޮން ބޭފުޅަކު ދެއްކެވި ވާހަކައަކަށް ކަމެއްވެސް ވިދާޅުވެފައެއްވެސް ނުވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވާދީވްގެ ވެރިކަމަކީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށްވީ ނަމަވެސް އެ ވެރިކަމުގައި ތަރައްޤީގެ ގިނަ ކަންތައްތަކެއް ފެށިގެން އައި ކަމަށެވެ.

ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑޫގައި ވަކި ސަރުކާރެއް ގާއިމުކޮށް، ޔުނައިޓެޑް ސުވާދީވް ރިޕަބްލިކްގެ ނަމުގައި ވަކި ސަރުކާރެއް އުފެއްދީ އިނގިރޭސީން އަޑީގައި ތިބެގެންނެވެ. ތާރީޚީ ލިޔުންތައް ބުނާ ގޮތުގައި އެއީ އިނގިރޭސީން އައްޑޫން ފައްސާލުމަށް ރާއްޖޭގެ އޭރުގެ ސަރުކާރުން ނިންމުމުން އެނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ކުރި ކަމެކެވެ. އެސަރުކާރުގެ އެންމެ އިސްމީހަކަށް ހުންނެވީ ސ. ހިތަދޫ، ފިނިފެންމާގޭ އަބްދުﷲ އަފީފެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top