އޭދަފުށި އަންހެނުން ހަވީރު ނަލަވެގެން މުށިމަހަށް !

DSCN0814.jpg

ހަވީރު ވެގެން އަންނައިރު އޭދަފުށީ އަންހެނުން ކުރިން ފެންނާނީ ނަލަވެގެން ކުދި ދަރިންނާއެކު ހިނގާލަން ނުކުމެ އުޅޭ ތަނެވެ. އަތިރިމައްޗާއި ޕާކްތަކަކީވެސް ހަވީރު މަޑު ކޮށްލެވޭ މަންޒިލެކެވެ. ސައިކަލް ބުރެއް ޖަހާލުމަށް ނުކުމެ އުޅޭ ޒުވާން ކުދިންވެސް މަދެއް ނުވާނެއެވެ. އެހެންނަމަވެސް މި ދުވަސް ކޮޅު މަންޒަރު ބަދަލު ވެއްޖެއެވެ. ހަވީރުވެގެން އަންނައިރު އަންހެންވެރިން ފެންނާނީ މުށިމަސް ބާނާ ދޮއްޓެއް ހިފައިގެން ބަނދަރު މައްޗަށް މިސްރާބު ޖަހާފައި ހުންނަ ތަނެވެ. ހަވީރުވެ އިރު އޮއްސެން ކައިރިވާވަރަކަށް ބަނދަރުމަތީ އެއްގަމުތޮއްޓާއި ހުރަސްތޮށީގެ ބާރު ބޮޑުވެގެން ދެއެެވެ.

އޭދަފުށީ ފިހާރަތަކުން މިހާރު އެންމެ ބާރަށް ވިކޭ އެއްޗަކީ މުށި މަސް ބާނާ ދޮއްޓާއި ބުޅިއެވެ. އޭދަފުށީގެ  ފިހާރައަކުން ބުނި ގޮތުގައި މުށިމަސް ބާނާ ދޮއްޓެއް ރީލާއެކު ވިއްކަނި 250 ރުފިޔާ އަށެވެ. ނަމަވެސް  ކުރިން ހުރި ސްޓޮކް ހުސްވެގެން މިއަދު އަނެއްކާވެސް އާ ސްޓޮކެއްވަނީ ގެނެސްފައެވެ.

މުށިމަސް ބާނަން މިގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ގޮސް އުޅޭ އަންހެނަކު ބުނި ގޮތުގައި މިކަމަކީ ވަރަށް ކުރާ ހިތްވާކަމެއް ކަމަށާ މުށި މަހަށް ދާ ހިތުން ކޮންމެ ދުވަހަކުވެސް ހުރެވެނީ ހަވީރު ނުވެގެންނެވެ.

މަރީއަކީވެސް ގަވާއިދުން ކޮންމެ ދުވަހަކުވެސް މުށިމަހަށް ދާ އަންހެނެކެވެ.

“އާމްދަނީ ހޯދުމުގެ ގޮތުން ކުރާ ކަމެއް ނޫން. ހަމަ މަޖަލަކަށް ގޮސްލަނީ. ދާއިރު ދަނީ އާއިލާ އެންމެންނާ ވެސް އެކު. ކޮއްކޮމެންނާ ދަރިންވެސް ގޮވައިގެން. ކުދިވެރިންވެސް ވަރަށް މަޖާވެގެން އުޅޭ ކަމެއް މިއީ.  “މަރީ ބުންޏެވެ. މަރީމެން ކޮންމެ ދުވަހަކުވެސް ތިން ބާލިދީ މުށިމަސް މަދުވެގެން ބާނައެވެ. އެއީހައެއްކަ ސަތޭކަ މުށިމަހެވެ.

މުށިމަހަކީ މީރު މަހަކަށް ވާއިރު މިދުވަސް ވަރު އޭދަފުށި ވަނީ މުށިމަހުން ތިޔާގި ވެފައެވެ. މަދު މީހަކު ނޫނީ ނުވިއްކާ އިރު ތާޒާ މަސް، ފުޅިމަދު ފޮށީގައި އައިސް އަޅައިގެންނާއި ތެލުލައިގެން އަދި ކައްކާ ހިއްކައިގެން މާލޭގައި ތިބި ރައްޓެހިންނާއި އާއިލާގެ މީހުންނަށް ފޮނުވުމަކީވެސް ގިނައިން ފެންނަމުން ދާ މަންޒަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top