ރެޑްވޭވުން މިފަހަރު ތައާރަފްކުރަނީ އައުޓްޑޯ ފަރުނީޗަރު

big_cfmbunrB8igWS4HnwLnIuV40h.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމު) ހިންގަވަމުން ގެންދަވާ ރެޑްވޭވް ކުންފުނިން އައުޓްޑޯ ފަރުނީޗަރުގެ އަގު ހެޔޮ ރޭންޖްތަކެއް ރާއްޖެއަށް އަލަށް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.

ރެޑްވޭވް ކުންފުނިން ބުނީ އަލަށް ތައާރަފް ކުރި ފަރުނީޗަރު، ރެޑްވޭވް ލިވިން ފިހާރަ އިންނާއި ހުޅުމޭލޭގެ ރެޑްވޭވް މެގަމޯލުން ލިބެން ހުންނާނެ ކަމަށެވެ.

ޕްލާސްޓިކް އައުޓްޑޯ ފަރުނީޗަރުގެ ތިރީހަށް ވުރެ ގިނަ ވައްތަރުތައް ރަޑްވޭވުން މުޅިން އަލަށްގެނެސް ފައިވާއިރު މި ފަރުނީޗަރު ތަކަކީ ކެފޭ އާއި ރެސްޓޯރަންޓާއި ރިސޯޓްތަކާއި ގެސްޓްހައުސް ތަކަށް ހާއްސަ ފަރުނީޗަރުގެ ރޭންޖް ތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. ހަމައެއާއެކު މި ފަރުނީޗަރު ގިނަ އަދަދަކަށް ގަންނަ ފަރާތްތަކަށް ޑިސްކައުންޓު ރޭޓްތަކެއްވެސް ކަނޑައެޅިފައިވެއެވެ.

ރެޑްވޭވް ކުންފުނީން ބުނަނީ އެހެން މުދަލެކޭ އެއްފަދައިން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އަދި ކަސްޓަމަރުން ބޭނުންވާނެ ފެންވަރު ރަނގަޅު ފަރުނީޗަރު ރާއްޖެ އިން ގަންނަން ލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top