ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ބ. ދަރަވަންދޫގައި ފަށައިފި އެވެ.
ދަރަވަންދޫގެ ގިނަ ވިޔަފާރިތަކާއި ގެތަކުން އެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ދިރާގުގެ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެ ހިދުމަތަށް އެދޭ ފަރާތްތަކަށް ކަނެކްޝަނެއް ހިލޭ ގުޅާ ދޭނެ ކަމަށް ވެސް މުއާސަލާތީ އެ ކުންފުނިން ބުންޏެވެ.
ދިރާގުން ފައިބާ ނެޓްވޯކް ގާއިމްކޮށް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ އާ ހުޅުމާލެ އާ ވިލިމާލެ އާ ކ. މާފުށީގެ އިތުރުން ލ. ގަމުގަ އެވެ.ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.