އީދު ޗުއްޓިއަށް މީހުން އަންނަން ފަށައިފި

6299029906_2038db9eea_b.jpg

އޭދަފުށި އުތުރުފަރާތު ބަނދަރު

މިއަހަރުގެ ބޮޑު އީދު ޗުއްޓީއަށް އޭދަފުށްޓަށް މީހުން އަންނަން ފަށައިފިއެވެ. އެގޮތުން މިއަދުއޭދަފުށްޓާ ،މާލެ އާ ދެމެދު ދަތުރުކުރަމުން އަންނަ ފެރީ ލޯންޗުތަކުންވެސް ވަނީ ހަތަރުލޯންޗް ފުލްކޮށް މީހުން އައިސްފައެވެ.

މިއަދުން ފެށިގެން މިފެރީތަކުގެ ދަތުރުތައް އަންނަ އާދީއްތަދުވަހާ ހަމައަށް ކޮންމެ ދުވަހަކުވެސް ކުރަން ހަމަ ޖެހިފައިވާ އިރު މިއީ ޖުމްލަ ހާހެއްހާ މީހުން ނެވެ. އަދި މިހާރުވަނީ ލޯންޗްތަކުގެ ހުރިހާ ޖާގައެއް ފުލްވެފައިކަމަށް އެފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުން ވައިގެ މަގުން އޭދަފުށްޓަށް އަންނަން ބޭނުންވާމީހުންނަށްވެސް މި މަހުގެ 17އާ ހަމައަށް ޖާގަވަނީ ފުލްވެފައިކަމަށް ” މޯލްޑިވިއަން “އިން ވަނީ މައުލޫމާތު ދީފައެވެ.

މާލެ ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށްވެސް މިހާރު ބާރުބޮޑުވެފައިވާއިރު  ބައެއް ފަރާތްތަކުން ލޯންޗު ކުއްޔަށް ހިފައިގެންވެސް އޭދަފުއްޓަށް ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭދަފުށްޓަކީ ކުރިންވެސް ގިނަ ބަޔަކު އީދުޗުއްޓީއަށް އައިސްއުޅޭ ރަށެކެވެ. އެ ގޮތުން މިއަހަރުގެ އީދަށް ވެސް 2500އެއްހާ މީހުން މިރަށަށް ޒިޔާރަތް ކުރާނެކަމަށް ބެލެވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top