މި ކަހަލަ ތަޖްރިބާއެއް ކުރިން ހެއްޔެވެ؟ ހިއެއްނުވެއެވެ. ގިނަމީހުންނަށް ކަދުރަކީ އެހާ ގިނަ ފައިދާހުރި އެއްޗެއްކަމެއް ނޭގެއެވެ. އަހަރެމެންގެ ތެރޭގައިި ކަދުރުގެ މޫސުމަކީ ރޯދަމަހެވެ. ރޯދަމަހު ކަދުރުގެ ޑިމާންޑް މުސްލިމް ހުރިހާ ގައުމެއްގައިވެސް ބޮޑުވެގެންދަނީ ރޯދަ ވީއްލުމަށް ކަދުރު ބޭނުންވާތީއެވެ. ސުންނަތަކަށް ވުމުގެ އިތުރުން އާދަކާދައާވެސް ގުޅިފައިވަތީކަމަށް ގަބޫލުކުރެވެއެވެ.
އެކަމަކު ބަލާލަންވެސް ރީތި މިމޭވާއަކީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ދުވާލަކު ތިން ކަދުރު ކާން ފަށަމާ ހިނގާށެވެ. އެެވަރު ފުދޭނެއެވެ. ނަތީޖާ ފެންނާނީ މިގޮތަށެވެ.
ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވިފައި ވެއެވެ.
ކަދުރަކީނިއުޓްރިޝަނުން މުއްސަނދިވެފައިވާ އެއްޗެއްކަން ކުޑަދުވަސްކޮޅަކުން ފާހަގަކުރެވެމުންދާނީ ހަށިގަނޑަށް އަންނަމުންދާ ރަނގަޅު ބަދަލުތަކުންނެވެ. މިދެންނެވިގޮތަށް ކަދުރުކަމުން ގެންދާނަމަ ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިނެއް ލިބޭނެއެވެ. އެހެންކަމުން ވިޓަމިން ހޯދުމަށް ކާންޖެހޭ ނުވަރަ މިހާރުވެސް ކަމުންގެންދާ އެއްވެސް ބޭހެއް ކާކަށް ނުޖެހޭނެއެވެ. ކަދުރުގައި ކޮޕަރ،ޕްޓޭސިއަމް، ފައިބަރ ،މެގްނޭސިއަމް ، ވިޓަމިން ބީ6 އެކުލެވިފައިވެއެވެ.
ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ.
ކަދުރު ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅު ކޮށްދޭ ކަމެކެވެ. ހަޖަމުގެ ސިސްޓަމް ހަމައަކަށް އަޅުވާކުމަށް ކަދުރަކީ މޮޅުފަރުވާއެކެވެ. ބަނޑު ހިކުމާއި ބަނޑަށް ތަދުވެ ހަޖަމުގެ ނިޒާމުގައި މައްސަލައުޅޭނަމަ ކަދުރަކީ އެކަމުގެ ފަރުވާއެވެ. މީގެ އިތުރަށް ކެންސަރާއި ހަށިގަނޑުގެ އެތެރޭގެ ފާރުހުރުމުގެ މައްސަލަވެސް ރަނގަޅުކޮށްދެއެވެ.
ތަދުވުން ހުއްޓުވައިދެއެވެ.
އެއީ ކަދުރުގައި ގިނައަދަދަކަށް މެގްނޭސިއަމް އެކުލެވިގެންވާތީއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަދުރުގައި ގިނައިން މެގްނޭސިއަމް އެކުލެވިގެންވާތީ ރަހިމުގެ މައްސަލަ އާއި އެތެރެއިން ދިލަ ނެގުންފަދަ ކަންކަމުގައިވެސް ކަދުރުން ރަނގަޅުވެދެއެވެ.ހިތުގެ ބަލިތަކާ ހަނދާންނެތުމުގެ މައްސަލައާއި ރާއްޖެބައްޔަށް ވެސް ކަދުރަކީ އެންމެރަނގަޅު އެއްފަރުވާއެވެ.
މާބަނޑުމީހުންނަށް ފުރިހަމަ ސިއްހަތުގައި ހުރުމަށް އެހީވެދެއެވެ.
69 އަންހެނުން ބައިވެރިކޮށްގެން ހެދި ތަހުލީލަކުން ދެއްކިގޮތުގައި ވިހެއުމުގެ ފަހުހަތަރު ހަފްތާގައި ގަވާއިދުން ކޮންމެ ދުވަހަކު ކަދުރު ކަމުން ގެންދާނަމަ ވިހެއުމުގައި މައްސަލަޖެހުމާއި ވިހެއުމަށްފަހުވެސް ބަރުދަން ލުއިކުރުމަށް އެހީވެދެއެވެ.
ލޭމައްޗަށްދިއުމާއި ސްޓްރޯކްޖެހުމުން ސަލާމަތްކޮށްދެއެވެ.
މެގްނޭސިއަމްއަކީ ލޭމައްޗަށް ދިއުން ކޮންޓްރޯލްކޮށްދޭ އެއްޗަކަށްވާތީ ކަދުރުގައި މިމާއްދާ ގިނަ އަދަދަކަށް އެކުލެވިފައި ވުމުން ލޭ މައްޗަށްދިއުން ހުއްޓުވައެވެ. އަދި ހިތަށް ޕްރެޝަރ ކުޑަކޮށްދިނުމުގައި ހިތަށް ލޭ ފޮނުވާ ނާރުތަކުގެ މަސައްކަތް ރަނގަޅުކޮށްދިނުމުން ލޭގެ ޕްރެޝަރ ހަމައަކަށް އެޅެއެވެ.
ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމުގައި އެހީތެރިވެދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑީގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކަދުރަކީ ކާންޖެހޭ އެއްޗެކެވެ. ވިޓަމިންބީ6 އަކީީ ކަދުރުގައި ހުންނަ ސިކުޑިއަށް ވަރަށް ބޭނުންތެރި މާއްދާއަކަށް ވާތީ ސިކުޑީގެ ރައްކާތެރިކަމާ ހަނދާން ގަދަވުމާ ވިސްނުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ. އަދި އެއްޗެތި ދަސްކުރުމުގެ ބާރު ގަދަކޮށްދެއެވެ.