ސަލްސާ ޕިއްޒާ ޕްރޮމޯޝަން- ދޫކޮށްލާވަރުގެ ފުރުސަތެއް ނޫން!

viber_image_2021-01-30_12-19-45-1.jpg

ސަލްސާ“ ކުޑައިގެ ދަށުން އޭދަފުށީގައި ހިންގާ ސަލްސާ ރިޓްރީޓުން ޕިއްޒާ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

އޭދަފުށީގައި އެންމެ މީރު ޕިއްޒާ ލިބެން ހުރި މަޝްހޫރު ސަލްސާ ރީޓްރީޓުން ފަށާ ޕިއްޒާ ޕްރޮމޯޝަން އިން ލިބޭ އެންމެ ބޮޑު އުފަލަކީ މީރު ޕިއްޒާއެއް ގަނެގެން އިތުރު ޕިއްޒާ ލިބޭ ޕްރޮމޯޝަނެކެވެ.

އަންނަ ހޯމަދުވަހު ފެށިގެން މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ ސަލްސާއިން ޕިއްޒާ ގަތީމަ ލިބޭ ކޫޕަންގައި ކަސްޓަމަރުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު ސާފުކޮށް ކިޔަން އެނގޭނެހެން ލިޔެފައި ސަލްސާ ރިޓްރީޓްގައި ބަހައްޓާފައިހުރި ފޮއްޓަށް ވައްޓާލީމާ ބައިވެރިވެވުނީއެވެ.

ސަލްސާ ޕިއްޒާއަށް އޯޑަރު ދިނުމުން ގޭގެއަށާއި ފެރީތަކަށް ވެސް އިތުރު އަގަކާ ނުލާ ގެންގޮސް ދެއެވެ.

ޕްރޮމޯޝަން ނިމުމާއެކު ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ އެންމެންގެ މެދުގައި ގުރުއަތު ލައިގެން ނަސީބުވެރި ތިން މީހުން ފުރަތަމަ ހޮވާނެއެވެ. އެއްވަނަ އަށް ހޮވޭ މީހަކަށް ބޭނުން ވައްތަރެއްގެ 15 ޕިއްޒާ، ދެވަނަ އަށް ހޮވޭ މީހަކަށް 10 ޕިއްޒާ އަދި ތިންވަނައަށް ހޮވޭ މީހަކަށް 5 ޕިއްޒާ ލިބޭނެކަމަށް ސަލްސާއިން ބުނެއެވެ.

 

ސަލްސާ ރިޓްރީޓަކީ އޭދަފުށީގައި އެންމެ ފުޅާދާއިރާއެއްގައި ހިންގާ އެއް ރެސްޓޯރެންޓެވެ.

މި ރެސްޓޯރެންޓުން ދިވެހި އަދި އަވައްޓެރި ގައުމުތަކުގެ މީރު ކެއުންތަކުގެ އިތުރުން ދިވެހިންގެ މެދުގައި މަގްބޫލު އިޓަލިއަން ކެއުންވެސް ރަނގަޅު އަގުގައި ލިބެން ހުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top